Wednesday, November 18, 2015

އީ-ލާނިން ( އޮންލައިން ) ކޮށް ހިލޭކިޔެވޭފުރުސަތުތައް!

އޮންލައިންކޮށް ކިޔެވުމަކީ ކޮބާ؟
އޮންލައިންކޮށް ކިޔެވުމުގެ މާނައަކީ ކިޔަވަން ބޭނުންވާ ޔުނިޓް ދަރިވަރުންނަށް އިންޓަރނެޓް މެދުވެރިކޮށް ފޯރުކޮށްދިނުމެވެ. އަދި މިގޮތަށް ފޯރުކޮށްދިނުމުގައި އީމެއިލް، ޑިސްކަޝަން ބޯޑްސް، ބްލޮގްތައް ނުވަތަ ވިކީސްފަދަ އޮންލައިން ޓެކްނޮލޮޖީއެއް ބޭނުންކުރެވިދާނެއެވެ.

Tuesday, November 17, 2015

އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ކުރިއަރަމުން އައިސްފައިވާ ގޮތް/ތާރީޚް

c
ލިޔުނީ: ފާތިމަތު ވަޙީދާ

މިއީ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ކުރިއަރަމުން އައިސްފައިވާ ގޮތާއި ، ތާރީޚް ތަކާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގައި، ދުނިޔޭގައި ޓެކްނޮލޮޖީ ކުރިއަރަމުން އައިސްފައިވާ ގޮތުގެ މަޢުލޫމާތު 2008 ވަނަ އަހަރާއި ހަމައަށް ހިމަނާލާފައިވާނެއެވެ. ލިޔުން މާ ދިގުވެދާނެ ކަމަށްޓަކައި ހިމަނާލާފައިވާނީ ބައިތަކަކަށް ބަހާލައިގެން އަހަރުތަކުގައި ހިނގާފައި މުހިންމު ބައެއް ކަންކަމުގެ މައްޗަށެވެ. އަދި މިގެ އިތުންރުން ދިވެހިރާއްޖޭގެ ޓެކްނޮލޮޖީ ފެށިގެން އައިގޮތަށްވެސް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައިފައި ވާނެއެވެ.

އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ކުރިއަރަމުން އައިސްފައިވާ ގޮތް/ތާރީޚް

ޓެކްނޮލޮޖީގެ ފެށުން
ތާރީޚް ތަކުން އެނގޭގޮތުގައި ޢީސާގެފާނުގެ މީލާދުގެ 3000 އަހަރު ކުރިންވެސް ޓެކްނޮލޮޖީއަށް މީހުންޝައުޤުވެރިވެ ޓެކްނޮލޮޖީ ކުރިއެރުވުމުގެ މަސައްކަތް ފަށައިފިއެވެ.3000 ބި.ސީ. ގައި އެބެކަސް އީޖާދުކޮށް ކޮމްޕިއުޓަރ ގެ ފެށުން އައެވެ. އޭރު އެބެކަސްއަކީ ހިސާބުހެދުމަށް ބާބީލް ގައި ބޭނުންކުރިއެއްޗެކެވެ. 2300 ބީ.ސީ ގައި އިނގިރޭސި ވިލާތުގެ މަޝްހޫރު ބިނާ "ސްޓޯން ހެންޖް" ނަމަކަށް ކިޔާ ނުޖޫމީ ކަލްކިއުލޭޓަރެއްގެ މަސައަކަތް ފެށިއެވެ. މިތަން ހެދުމަށް 2000 އެއްހާ އަހަރު ހޭދަވިއެވެ. އަދި200 ބީ.ސީ ގައި ޗައިނާގެ ސޯން ޕޭން އަދި ޖަޕާނުގެ ސޮރޯބަން ކޮމްޕިއުޓަރ ޓްރޭ އީޖާދުކުރިއެވެ. މީ

ލާރނިންގ މެނޭޖްމަންޓް ސިސްޓަމް


އަބޫ އަރްޙަމް އާދަމް ޝިހާދު ބިން އިބްރާހިމް އަލް ދިއްވަދޫ (ޝިހާދު)

ލާރނިންގ މެނޭޖްމަންޓް ސިސްޓަމްއަކީ ކޮބާ؟

ލާރިނިންގ މެނޭޖްމަންޓް ސިސްޓަމްއަކީ، ޕްރޮގްރާމް ކުރެވިފައިވާ ސޮފްޓްވެއަރ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުން އޮންލައިންކޮށް ކިޔެވުމަށް ކޯސްތަކަކާއި ތަމްރީނު ޕްރޮގްރާމްތައް ލެވިފައި ހުންނާނެއެވެ. އަދި އެކޯހުގެ އެންމެހާ އިދާރީ ކަންކަމާއި، ދަރިވަރުންގެ ކިޔެވުމާގުޅޭ އެންމެހާ ލިޔެކިޔުންތަކާއި ކިޔެވުމަށް ބޭނުންވާ ވަޞީލަތްތަކާއި އަދި މިނޫނަނސް ކޯސް ހިންގާ ފަރާތްތަކާއި ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރއިންނާއި އަދި ދަރިވަރުންނާއި މުޢާމަލާތު ކުރެވޭނެ އެންމެހާ ގޮތްތަކެއް މި ސިސްޓަމުގައި އެކުލެވިފައިވާނެއެވެ. މިގޮތަށް ކިޔަވާ ކިޔެވުމަށް އީ-ލާރނިންގ އޭ ބުނެވެނީ މިސަބަބާހުރެއެވެ.

Monday, November 16, 2015

ދާރުލް ޢިލްމު: ޒަމާނީ ޓެކްނޮލެޖީއާއި އަދުގެ ސްކޫލްޢަލީ ޟާމިރުތ...

ދާރުލް ޢިލްމު:

ޒަމާނީ ޓެކްނޮލެޖީއާއި އަދުގެ ސްކޫލްޢަލީ ޟާމިރު
ތ...
: ޒަމާނީ ޓެކްނޮލެޖީއާއި އަދުގެ ސްކޫލް ޢަލީ ޟާމިރު ތަޢާރަފު މިއީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން 2015 ވަނަ އަހަރު ފެއްޓެ...


ޒަމާނީ ޓެކްނޮލެޖީއާއި އަދުގެ ސްކޫލް 
ޢަލީ ޟާމިރު

ތަޢާރަފު
މިއީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން 2015 ވަނަ އަހަރު ފެއްޓެވި "ޕޯސްޓް ގުރެޖް އޭޝަން ޑިޕްލޮމާ އިންޓީޗިނގް" ކޯހުގެ ކިޔަވައި ދިނުމުގެ ދާއިރާގައި "އެޑިޔުކޭޝަނަލް ޓެކްނޮލެޖީ" މިމާއްދާއިން ތައްޔާރުކުރާ އެސައިމަންޓެކެވެ. ޒަމާނީ ޓެކްނޮލެޖީ އަދުގެ ސްކޫލް، ނުވަތަ ޒަމާނީ ޓެކްނޮލެޖީއާއި، އަދުގެ ސްކޫލް މަދަރުސާ މިސުރުޚީއަށް ތައްޔާރުކުރާ ލިޔުމެކެވެ. މިއެސައިމަންޓް އަޅުގަނޑުބެލީ އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ވަޞީލަތްތަކީކޮބައިތޯއާއި، އަދި އެވަޞީލަތްތައް ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ބޭނުންކުރަނީ ކިހާ މިންވަރަކަށްތޯއާއި، އަދި މިވަޞީލަތްތައް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯއެވެ. މިގޮތުން ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް ރާއްޖެތެރޭގައި ދެސްކޫލެއްގެ އިސްބޭފުޅުންނާ ފޯނުން ބަސްދީގަތުމެއް ކުރިއަށް ގެންދިޔާމެވެ. " މިއީ އެޑިޔުކޭޝަނަލް ޓެކްނޮލެޖީ ކިޔަވައިދެއްވާ އުސްތާޛް ޒާހިދު ހަވާލު ކުރައްވައިގެން ކުރާމަސައްކަތެކެވެ. މިމަސައްކަތް ކުރަން ޖެހޭ ގޮތަކީ، މިކޯހުގެ ކޮންމެ ބައިވެރިއަކުމެ، ބުލޮގެއް ހަދަން ދަސްކުރުމަށްފަހު،   އުސްތާޛް ހެއްދެވި ގުރޫޕް ތަކުންކުރެ ކޮންމެ ގުރޫޕަކުން ބުލޮގެއް ހަދާ އެގުރޫޕެއްގެ ދަރިވަރަކު އެގުރޫޕެއްގެ ބުލޮގަށް އާޓިކަލެއްލިޔެ އެލިޔުނު ދަރިވަރެއްގެ މޭލް ތުރޫކޮށް އެލިޔުނު އާޓިކަލް ފޮނުވާ ޝާއިޢު ކުރާގޮތަށެވެ. މިމަސައްކަތްކުރުމުގެ ހެޔޮތައުފީޤު މިއަޅާއަށް ﷲ މިންވަރުކޮށް ދެއްވުންއެދި ދުޢާކުރާ ޙާލު މިމަސައްކަތް ނިންމުމަށް ފަށައިގަންނަނީ ﷲގެ ހަޟުރަތުން ވާތްގަން އެދެމުންނެވެ.
            16ނޮވެމްބަރ 2015



ޒަމާނީ ޓެކްނޮލެޖީއާއި އަދުގެ ސްކޫލް

ތަޢާރަފު
މިއީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން 2015 ވަނަ އަހަރު ފެއްޓެވި "ޕޯސްޓް ގުރެޖް އޭޝަން ޑިޕްލޮމާ އިންޓީޗިނގް" ކޯހުގެ ކިޔަވައި ދިނުމުގެ ދާއިރާގައި "އެޑިޔުކޭޝަނަލް ޓެކްނޮލެޖީ" މިމާއްދާއިން ތައްޔާރުކުރާ އެސައިމަންޓެކެވެ. ޒަމާނީ ޓެކްނޮލެޖީ އަދުގެ ސްކޫލް، ނުވަތަ ޒަމާނީ ޓެކްނޮލެޖީއާއި، އަދުގެ ސްކޫލް މަދަރުސާ މިސުރުޚީއަށް ތައްޔާރުކުރާ ލިޔުމެކެވެ. މިއެސައިމަންޓް އަޅުގަނޑުބެލީ އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ވަޞީލަތްތަކީކޮބައިތޯއާއި، އަދި އެވަޞީލަތްތައް ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ބޭނުންކުރަނީ ކިހާ މިންވަރަކަށްތޯއާއި، އަދި މިވަޞީލަތްތައް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯއެވެ. މިގޮތުން ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް ރާއްޖެތެރޭގައި ދެސްކޫލެއްގެ އިސްބޭފުޅުންނާ ފޯނުން ބަސްދީގަތުމެއް ކުރިއަށް ގެންދިޔާމެވެ. " މިއީ އެޑިޔުކޭޝަނަލް ޓެކްނޮލެޖީ ކިޔަވައިދެއްވާ އުސްތާޛް ޒާހިދު ހަވާލު ކުރައްވައިގެން ކުރާމަސައްކަތެކެވެ. މިމަސައްކަތް ކުރަން ޖެހޭ ގޮތަކީ، މިކޯހުގެ ކޮންމެ ބައިވެރިއަކުމެ، ބުލޮގެއް ހަދަން ދަސްކުރުމަށްފަހު،   އުސްތާޛް ހެއްދެވި ގުރޫޕް ތަކުންކުރެ ކޮންމެ ގުރޫޕަކުން ބުލޮގެއް ހަދާ އެގުރޫޕެއްގެ ދަރިވަރަކު އެގުރޫޕެއްގެ ބުލޮގަށް އާޓިކަލެއްލިޔެ އެލިޔުނު ދަރިވަރެއްގެ މޭލް ތުރޫކޮށް އެލިޔުނު އާޓިކަލް ފޮނުވާ ޝާއިޢު ކުރާގޮތަށެވެ. މިމަސައްކަތްކުރުމުގެ ހެޔޮތައުފީޤު މިއަޅާއަށް ﷲ މިންވަރުކޮށް ދެއްވުންއެދި ދުޢާކުރާ ޙާލު މިމަސައްކަތް ނިންމުމަށް ފަށައިގަންނަނީ ﷲގެ ހަޟުރަތުން ވާތްގަން އެދެމުންނެވެ.
            16ނޮވެމްބަރ 2015





ޒަމާނީ ސްކޫލް، ކުލާސްރޫމުގެ ޓެކްނޮލޮޖީ
ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ވަޞީލަތްތައް އަންނަނީ ގާއިމުކުރެވި ބޭނުންކުރަމުންނެވެ. އަދި އަޅުގަނޑުމެންގެ ޤައުމު ކަހަލަ ޤައުމު ތަކުގައިވެސް މިހާރު އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ވަޞީލަތްތައް ގާއިމު ކުރެވެމުން އަންނަނީ ހަލުވިކަމާއެކުގައެވެ. ކަމުގެ މުހިއްމުކަމާ ފައިދާއަށް ބަލާއިރު މީރަނގަޅު އިންވެސްޓަކަށް އެންމެން ޤަބޫލުކުރެއެވެ. ޒަމާނީ ވަޞީލަތްތައް ޤާއިމު ވެފައި ނުހުންނަ ސްކޫލް، ކުލާސްރޫމް ފަދަ މަރުކަޒު ތަކަކީ ކާމިޔާބު ތަންތަން ކަމުގައި މިހާރު ނުބަލައެވެ. ގިނަ ފަހަރަށް ދަރިފުޅު އެމަރުކަޒަކަށް ވެއްދުމަށް ނިންމާނީ ޒަމާނީ ވަސީލަތްތައް ގާއިމުވެފައިތޯ ބެލުމަށްފަހުގައެވެ.
އެޑިޔުކޭޝަނަލް ޓެކްނޮލެޖީއަކީ ދަރިވަރުންގެ ޢިލްމީ ޤާބިލުކަން އިތުކޮށް ތަރައްޤީކޮށް ކިޔަވައި ދިނުން ފަސޭހައިން ރަނގަޅަށް މެނޭޖްކޮށް ދަރިވަރުންގެ އަޚްލާޤަށް އެއިން ހެޔޮއަޘަރު ކުރުވާގޮތަށް ރަނގަޅަށް މަގުދައްކައިދީ ދަރިވަރުންގެ ޢިލްމީ ޤާބިލުކަން ތަރައްޤީކޮށް ކުރިއެރުމަށް މަގުފަހިކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އަދި " ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދީ ކިޔަވައިދިނުން މެނޭޖްކުރުމުން ދަރިވަރުންގެ އަޚްލާޤަށް ހެޔޮ އަޘަރު ކުރުވާ ވަޞީލަތަކަށް ޒަމާނުގެ ޓެކްނޮލެޖީވަނީ ވެފައެވެ. ކިޔަވައި ދިނުމުގެ ދާއިރާގައި މުވާޞަލާތު ކުރުމުގައްޔާއި، ދަރިވަރުންގެ ކިބާގައި ތަފާތު ހުނަރުތައް ތަރައްޤީ ކުރުމުގައްޔާއި، އަދި ހަމަހަމަކަމާއެކު ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދޭ ޑިވައިސްއެއްވެސް މެއެވެ. އަދި އެއްފަހަރާ ގިނަ ޢަދަދެއްގެ ދަރިވަރުންނަށް އުގަންނައިދީ ގިދަ ޢަދަދެއްގެ ދަރިވަރުންނަށް އިމްތިޙާނުދީ އެއިމްތިޙާނު ހަމަހަމަ ކަމާއެކު މިންވަރުކުގައި އެހީތެރިވެދޭ ވަޞީލަތަކަށް އަދުގެ ޓެކްނޮލެޖީވަނީވެފައެވެ. ލެކްޗަރުންނާއި، ދީނީ ޢިލްމުވެރިންނާއި، އިމްތިޙާނުތައް ހިންގާ ބެލަހައްޓާ ފަރާތްތަކުންނާއި، މީޑިޔާގައި މަސައްކަތްކުރައްވާ ފަރާތްކުންނާއި، އަދި ތަފާތު މީޑިޔާތަކުންވެސް ފުޅާދާއިރާއެއްގައި ބޭނުންކުރާ ހަމައެކަނި ވަޞީލަތަކީ އަދުގެ ޓެކްނޮލެޖީއެވެ. އަދި އެޑިޔުކޭޝަނަލް ޓެކްނޮލެޖީ ބޭނުންކޮށްގެން އުގަންނައިދީ މުޖްތަމަޢު ހޭލުންތެރިކޮށް އިމްތިޙާނުތައް ހިންގާ ބަލަހައްޓެންފަދަ ކަންކަންކަމުގައި އަންނަނީ ބޭނުންކުރަމުންނެވެ."[1] ޒަމާނީ ސްކޫލާއި ޓެކްނޮލެޖީ ކުލާސްރޫމަށް ބަލާއިރު މިޒަމާނުގެ ބައެއް ސްކޫލު މަދަރުސާތަކާއި ކޮލެޖު ޔުނިވަރސިޓީތަކުގައި ފާހަގަ ކޮށްލެވޭ މިންވަރަށް އެޑިޔުކޭޝަނަލް ޓެކްނޮލެކީ ބޭނުންކުރޭބާއެވެ؟
އަޅުގަނޑުމެންގެ ރާއްޖޭގާވެސް ޒަމާނީ ސްކޫލް، ކުލާސްރޫމުގެ ޓެކްނޮލޮޖީ ދުނިޔޭގެ ފެންވަރުގައި ގާއިމުވެފައިވާ ކޮލެޖް މަދަރުސާތައް އެބަހުއްޓެވެ. މިތަންތަނުގެ ފެންވަރަކީ، ފަހުގެ ހޯދުންތަކުގެ އަލީގައި ކުލާސްރޯމްތައް ތައްޔާރު ކުރެވިފައިވުމެވެ. އުގަނނައިދޭ ތަންތަނުގާ ހުންނަންވާގޮތަށް ލައިޓިންގ ސިސްޓަމާއި ސައުންޑާއި ކުލާހުގެ ފާރުތަކުގައި ލެވިފައިވާ ކުލަތަކުން ފުރިހަމަ ކުރެވި، އުގެނުމަށް ފަސޭހަ މާހައުލަކަށް ހަދާފައި ހުންނަނީ، ދަރިވަރު ކިޔަވަން ކުލާހުގައި ޝައުޤުވެރިކަމާއެކު ތިބެގެން އުގެނުމަށް މަގުފަހިކޮށް ދިނުމަށެވެ. އަދި ބެލެނިވެރިން ބެލެނިވެރިން ބޭނުން ވުމުން ދަރިވަރުގެ ހަރަކާތްތައް ދެނެގަތުމަށް މަގުފަހިކުރުމަށެވެ. ބޭނުންވަގުތެއްގައި ދަރިފުޅުގެ އަތުގައިވާ ޑިވައިސް (ފޯނު) ބޭނުންކޮށްގެ ކުލާސް ރޫމުގައި އިން ދަރިފުޅު އުޅޭގޮތް ކޮންމެ ވަގުތެއްގައި ބެލޭފަދަ ގޮތަކަށެވެ. ސްކޫލުގެ ވެރިން އޮފީހުގައި ތިއްބަވައިގެން ކުލާސްތައް ބަލާ އަންގަން ބޭނުން އެންގުންތައް އަންގައި، ކިޔަވައިދިނުމުގާ ނުވަތަ އެހެންވެސް ކަމެއް ދިމާވެގެން އަންގާ އެންގުންތަށް އަނގާހަދުމުގެ ފުރުޞަތު އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ސަބަބުން ފަހިވެގެންދެއެވެ. އަދި ބައެއް ޙާލަތްތަކުގައި ކުލާހަށް މުދައްރިސް ނުގޮސް ކިޔަވައިދެވި، އިއްވަން ބޭނުންވާ އަޑުތައްވެސް އިއްވުމުގެ ފުރުޞަތުވެސް އެޑިޔުކޭޝަނަލް ޓެކްނޮލެކީގެ ސަބަބުން ވަނީ ފަހިވެފައެވެ. މިއީ މީޒަމާނީ ޓެކުނޮލޮޖީގެ ފަސޭހަކަމެވެ.
 ޒަމާނީ ސްކޫލް، ކުލާސްރޫމު ޓެކްނޮލޮޖީއަކީ ޚަރަދު ބޮޑު ވަސީލަތެއްކަމުގައި ވިޔަސް މިވަޞީލަތްތައް ތަޢުލީމީ މުޖުތަމަޢުން ބަލައިގަންނަކަން ފާހަގަކުރަމެވެ. މާލޭގައި ޤާއިމުވެފައިހުރި ސްކޫލް މަދަރުސާތަކުގެ ތެރެއިން އެންމެފުރަތަމަ އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ވަޞީލަތްތައް ޤާއިމުކުރީ މަޖީދިއްޔާ ސްކޫލްގައެވެ. މިކަން އިތުރަށް ސާފުކުރުމަށްޓަކައި މަޖީދިއްޔާގެ ސްކޫލްގެ އިސްލާމް މުދައްރިސަކާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރީމެވެ. " އަޅުގަނޑަކީ މަޖީދިއްޔާ ސްކޫލް ޓީޗަރެކެވެ. މަޖީދިއްޔާ ސްކޫލްގައި ޤައިމުކުރި ޓެކްނޮލޮޖީ ވަޞީލަތްތަކުގެ ފަސޭހަކަމާ



ކާމިޔާބުކަން ޢަމަލީގޮތުން ތަޖުރިބާ ކުރީމެވެ. މިއީ ޚަރަދު ބޮޑު ކަމެކެވެ. ނަމަވެސް މިފަދަ ވަޞީލަތްތަކެއްގެ އެހީގައި ދެވޭ ތަޢުލީމު މުޖުތަމަޢުން ބަލައިގަންނަ ކަމަށް ހެކިވާން ޖެހެއެވެ. ތެދު ތެދަށް ދަންނަވަނީނަމަ ރާއްޖޭގައި މިދެންނެވި، ޒަމާނީ ސްކޫލް، ކުލާސްރޫމު ޓެކްނޮލޮޖީ އެންމެ ފުރަތަމަ މިފެންވަރުގައި ޤާއިމުކުރެވި ޚިދުމަތް ދޭންފެށީ މަޖީދިއްޔާ ސްކޫލުންނެވެ. ހުރިހާ ކުލާސް ރޫމެއްގައި އިންޓަނެޓާއި، އައިބޯޑު ބޭނުންކުރެވޭން ހުރެއެވެ. ސެކަންޑަރީ ކުލާސްތަކުގެ އިތުރުން ޕްރައިމަރީ ކްލާސްތަކަށް ވެސް މިވަޞީލަތްތައް ފުރިހަމައަށް ބޭނުންކުރާކަން ފާހަގަ ކުރަމެވެ. ވީމާ، މީކާމިޔާބު ވަޞީލަތްތައް ދަރިވަރުން ބަލައިގަންނެ ޝައުޤުވެރި ކުރުވަނިވި ވަޞީލަތަކަށްވެ، މެނޭޖް ކުރުމުގާ ފަސޭހަ ވަޞީލަތެއްކަން ފާހަގަ ކުރަމެވެ.
ތ.ވިލިފުށީ ސްކޫލް ޒަމާނީ ސްކޫލެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި އެ ސްކޫލުން ޑިޒައިންކޮށް ވިލުފުށީ ކައުންސިލަށް ޕްރޮޕޯސަލެއް ހުށަހެޅިކަމަށެވެ. މިޕްރޮޕޯސަލް ހުށަހެޅުމުން މިޕްރޮޖެކްޓް ކުރިއަށް ގެންދަން ފަށައިގަނެގެން ކުރިއަށްގެންދާ މަސައްކަތެއްކުރިއެވެ. މި ޕްރޮޖެކްޓުގެ އަމާޒަކީ ވިލުފުށީ ސުކޫލްގެ ހުރިހާ ކުލާސްރޫމްތަކެއް މަލްޓި މީޑިއާ ބޭނުންކޮށްގެން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކިޔަވައިދޭން ފެއްޓޭނެގޮތް ހެދުމެކެވެ. އަދި މުދައްރިސުން ތަމްރީނުކުރުމާއި، މެއިންޓެއިންކޮށް ބެލެހެއްޓޭނެ ހަރުދަނާ ގޮތެއް ޤާއިމުކުރުމެވެ."[2] 


Thursday, November 12, 2015

ބޮލުގައި ރިއްސުން ކުޑަކުރެވިދާނެ 6 ގޮތެއް


އާންމު ގޮތެއްގައި ބޮލުގައި ރިއްސުން ކުޑަކުރުމަށް ބޭސް ބޭނުންކުރާ މީހުން ގިނައެވެ. އެހެން ނަމަވެސް ބޭސް ބޭނުންކުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫނެވެ. ދިރިއުޅުމުގެ ވައްޓަފާޅި ކުޑަގޮތްތަކަށް ބަދަލުކޮށްލުމުން ބޮލުގެ ރިހުން ކުޑަވެއެވެ.