ލާރިނިންގ މެނޭޖްމަންޓް ސިސްޓަމްއަކީ، ޕްރޮގްރާމް ކުރެވިފައިވާ ސޮފްޓްވެއަރ އެޕްލިކޭޝަނެކެވެ. މި
އެޕްލިކޭޝަނުން އޮންލައިންކޮށް ކިޔެވުމަށް ކޯސްތަކަކާއި ތަމްރީނު ޕްރޮގްރާމްތައް
ލެވިފައި ހުންނާނެއެވެ. އަދި އެކޯހުގެ އެންމެހާ އިދާރީ ކަންކަމާއި، ދަރިވަރުންގެ
ކިޔެވުމާގުޅޭ އެންމެހާ ލިޔެކިޔުންތަކާއި ކިޔެވުމަށް ބޭނުންވާ ވަޞީލަތްތަކާއި އަދި
މިނޫނަނސް ކޯސް ހިންގާ ފަރާތްތަކާއި
ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރއިންނާއި އަދި ދަރިވަރުންނާއި މުޢާމަލާތު
ކުރެވޭނެ އެންމެހާ ގޮތްތަކެއް މި ސިސްޓަމުގައި އެކުލެވިފައިވާނެއެވެ. މިގޮތަށް
ކިޔަވާ ކިޔެވުމަށް އީ-ލާރނިންގ އޭ ބުނެވެނީ މިސަބަބާހުރެއެވެ.
އޮންލައިން
އެޕްލިކޭޝަން ބޭނުންކޮށްގެން ކިޔަވާ ކިޔެވުމުގައި ދަރިވަރުންނާއި ލެކްޗަރާއިން
ބައްދަލުކުރާނީ ސިސްޓަމް ބޭނުންކޮށްގެންނެވެ. އެމީހަކު ބޭނުން ކޮންމެ ތާކުގައި
ހުރެގެންވެސްމެއެވެ. ކޯހަށް ފައިސާ ދެއްކުމަށްޓަކައި ކޮލެޖަށް ދާކަށް ނުޖެހެއެވެ.
ވިސާ ކާޑް، ކްރެޑިޓް ކާދު ނުވަތަ އެނޫންވެސް ބޭންކާއި ގުޅުންހުރި
ލިޔެކިޔުމުންވިޔަސް ތިމާގެ އެކައުންޓުން ކޮލެޖްގެ އެކައުންޓަށް ފައިސާ
ފޮނުވޭނެއެވެ. މިއީ ކިޔެވުމަށް އޮތް ވަރަށް ބޮޑު ދަތިތަކެއް ފިލުވާލާ، ވަގުތާއި
ޙާލަތާއި ތަންތަނަށް ރިޢާޔަތް ކޮށްގެން ކިޔަވަންޖެހޭ މީހުންނަށް އޮތް
ހިތްހަމަޖެހުމެކެވެ.
ލާރނިންގ މެނޭޖްމަންޓު
ސިސްޓަމަކުން ކިޔަވާނީ ކިހިނެއް؟
ލާރނިން މެނޭޖްމަންޓު
ސިސްޓަމް މެދުވެރިކޮށް ކިޔެވުމަށްޓަކައި ކޮމްޕިއުޓަރ ސިސްޓަމެއް/ލެޕްޓޮޕެއް ނުވަތަ
ސްމާރޓް މޮބައިލް ފޯނެއް ބޭނުންވާނެއެވެ. އަދި ސިސްޓަމަށް އެކްސެސް ވުމަށްޓަކައި
އިންޓަރނެޓް ބޭނުންވެއެވެ. އެއަށްފަހު ތިމާ ބޭނުން ކޮންމެ ކޯހެއްގެ މަޢުލޫމާތު
މިފަދަ އޮންލައި އެޕްލިކޭޝަން ނުވަތަ ކޯސް ހިންގުމަށް ޚާއްޞަ ކުރެވިފައިވާ
ސައިޓްތަކުން ހޯދާނީއެވެ. އެކޯހަކާ ގުޅޭ މަޢުލޫމާތު އިތުރަށް ހޯދުމަށް އިދާރީ
މުވައްޒަފުންނާއި ޗެޓްކޮށްލާ ނުވަތަ އީ-މެއިލްގެ ޒަރިއްޔާއިންވެސް ހޯދޭނެއެވެ.
ކޯހުގެ މުޤައްރަރާއި، މުއްދަތު އަދި ފީގެ އިތުރުން ލެކްޗަރަރއިންގެ މަޢުލޫމާތުވެސް
ހޯދޭނެއެވެ. ވުމާއެކު ތިމާ ބޭނުންވާ ކޯހަކަށް ރެޖިސްޓަރ ވުމަށްފަހު ފީދައްކަންޖެހޭ
ކޯސްތަކުގައި ފީދެްކުމުގެ އިންތިޒާމް ކުރިޔަށް ގެންދެވޭނެއެވެ. ރަޖިސްޓަރ
ވުމަށްޓަކައި ފޯރމް ފުރިހަމަކުރާނީވެސް އޮންލައިންކޮށެވެ. އަދި ތިމާ ކޯހަށް
ވަނުމަށް ބޭނުންވާ ޝަރުޠު ފުރިހަމަވާ ލިޔެކިޔުންތައް ކޯސް ހިންގާ ފަރާތަށްވެސް
ފޮނުވާނީ އޮންލައިންކޮށެވެ. ކޯހަށް ރަޖިސްޓްރީ ވުމަށްފަހު ދަރިވަރަށް ބޭނުންވާނެ
ފިޒިކަލް އިކުއިޕްމަންޓެއް، މިސާލަކަށް (މީގެ އަހަރުތަކެއް ކުރިން) ހެޑްފޯންތަކާއި އެފަދަ ޚާއްޞަ
ތަކެތި ދަރިވަރަށް ފޮނުވަން، އެ ޔުނިވަރސިޓީއަކުން ބޭނުންނަމަ، ޕޯސްޓް އޮފީސް
މެދުވެރިކޮށް ދަރިވަރުގެ ޕޯސްޓަލް އެޑްރެސް އަށް ފޮނުވާނެއެވެ. ދަރިވަރުގެ
ހަމައެކަނި ކަމަކަށް އޮންނާނީ ކިޔެވުމުގައި ނިންމަންޖެހޭ އެސައިންމަންޓު ތަކާއި
މަސައްކަތްތައް ނިންމާފައި ކަނޑައެޅިފައިވާ ގަޑިއަށް އަޕްލޯޑް ކުރުމެވެ. މިއީ
މިއަދު ގޭގައި ތިބެންޖެހޭ މީހުން ނުކިޔަވާ ތިބެންޖެހުމުގެ ހިތާމަ ފިލުވާލާ، މުޅި
ދުވަހު ތަފާތު މަސައްކަތުގައި އުޅެންޖެހުމުން ކްލާސްތަކަށް ޙާޟިރުވެގެން
ކިޔެވުމަށް ނުކުޅެދޭ މީހުންނަށް އޮތް ހިތްހަމަޖެހުމެކެވެ.
އޮންލައިން ސިސްޓަމް
މެދުވެރިކޮށް ކިޔެވުމުން ކިޔެވުމުގެ ކޮލިޓީއަށް ހީނަރުކަމެއް އާދޭތޯ؟
އޮންލައިން ސިސްޓަމް
މެދުވެރިކޮށް ކިޔެވުމުގެ ފައިދާ؟
ކުރިންވެސް
ބަޔާންވެދިޔަ ފަދައިން، އިލްމު އުނގެނުމަށް ވަގުތު ނުވެގެން އުޅޭ މީހުންނަށް މިއީ
ވަރަށް ބޭނުންތެރި ގޮތެކެވެ. ބޭނުން ވަގުތެއްގައި ކުއިޒް އަދި އެހެނިހެން
އިމްތިޙާނު ހެދޭނެއެވެ. ފިލާވަޅުތައް ނަގައިދޭނެ ވަކި ގަޑިއެއް ނޮއޮންނާނެއެވެ.
ލެކްޗަރަރ ފިލާވަޅުތައް އަޕްލޯޑް ކުރުމުން ފަސޭހަ ގަޑިއެއްގައި ކިޔެވުމާއިގެން
ކުރިޔަށް ދެވޭނެއެވެ.
އޮންލައިން ސިސްޓަމް
މެދުވެރިކޮށް ކިޔެވުމުގެ ގެއްލުން!
މިފަދަ ސިސްޓަމްތަކަކީ،
ބޮޑަށް ތިއެރީކޮށް ކިޔެވުމަސް އޮންނަ ސިސްޓަމް ތަކެވެ. އެހެންކަމުން
ޕްރެކްޓިކަލްކޮށް ހަދަންޖެހޭ ބައެއް ކޯށްތައް މިސާލަކަށް ކަރަންޓު ވައިރިން،
މުށިޖެހުންފަދަ ކޯސްތައް ހެދުމަކީ ދަތި އުނދަގޫކަމެކެވެ. އެފަދަ ކޯހެއް ކުރިޔަށް
ގެންދާނަމަ ޖެހޭނީ ކުދިން ތިބި ތަނަކުން އެކުދިންނަށް ޕްރެކްޓިކަލް ކިޔަވައިދެވޭނެ
ގޮތެއް ހަމަޖެއްސުމެވެ. މިއީ އެހާ މުޅިން ތަފާތު ކަމެކެވެ.
ޝައްކެއް ނެތެވެ. މީގެ އެންމެ މުހިންމު އެއްޗަކީ
އިންޓަރނެޓެވެ. މިއަދު ޓެކްނޮލޮޖީގެ ލުއިފަސޭހަކަން ފުޅާ ދާއިރާއެއްގައި ލިބޭތީ،
ކްލާސްރުމަށް ޙާޟިރުވެގެން ކިޔެވިކަމުގައިވިޔަސް ކިޔެވުމުގެ އެންމެ ބޮޑުބައި އަދާ
ކުރަނީ އިންޓަރނެޓުން ހޯދާ މަޢުލޫމާތެވެ. އެހެނީ، ތިމާ ބޭނުން މަޢުލޫމާތެއް އޭގެ
އެންމެ ގިނަ ޢަދަދަކަށް ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައި ކުރިމައްޗަށް
ޖަމާކޮށްލެވެއެވެ. ވަގުތު ސަލާމަތްވެއެވެ. ބޭނުން ޢަދަދަކަށް މަޢުލޫމާތު ނަގައި
ބޭނުންއިރަކު ބަލާލަން ރައްކާކޮށްލެވެއެވެ.
މިއެންމެހާ ކަންތައްތަކާއެކުގައިވެސް ލާރނިންގ މެނޭޖްމަންޓު ސިސްޓަމް ތަޢާރަފްވުމަކީ، ތަޢުލީމު ޙާޞިލުކުރުމަށް ވަގުތާއި މާލީ ދަތިކަމާއި އަދި މިނޫންވެސް ބައެއް އެހެނިހެން ސަބަބުތަކާހުރެ ކިޔެވުމަށް ދަތިވެފައިވާ އެތައް ބަޔަކަށް ހިތްވަރެއް ލިބިގެންދިޔަ ކަމަކަށެވެ. ބަދިގޭގައި ކައްކަން ހުންނަ މީހަކަށްވެސް، ދަނޑުގައި މިރުސް ހައްދަން ހުންނަ ދަނޑުވެރިޔާވިޔަސް އަދި ކަނޑުގައި މަސްބާނަން އުޅޭ މަސްވެރިޔާއަށްވެސް، އިންޓަރނެޓް މެދުވެރިކޮށް ކިޔެވުމުގެ ފުރްޞަތު ލިބިގެން ދިޔުމަކީ ތަޢްލީމަށް ލިބިގެންދިޔަ ބޮޑު އިންގިލާބަކަށެވެ. ދުވަހަކު ކްލާހަކަށް ޙާޟިރުނުވިނަމަވެސް ތަޢުލީމީ މަތީ ފާހެއް ތިމާގެ އަތުގައި ބޭއްވުމަށް ނުވަތަ ތިމާ ބޭނުންވާ ޢިލްމެއް، ހުނަރެއް ނުވަތަ ޤާބިލުކަމެއް ދަސްކުރުމަށް މިއީ ރަނުގެ ފުރްޞަތެއްކަމުގައި ދެކެމެވެ. ޢިލްމާއި ހުނަރަށް ލޯބިކުރާ މީހުން މިއިން ނަފާ ލިބިގަންނަމާތޯއެވެ.
އޮންލައިންކޮށް ކިޔެވޭ ބައެއް ވެބްސައިޓް ތަކުގެ ތެރޭގައި:
https://www.coursera.org/
http://online-learning.harvard.edu/
http://takeielts.britishcouncil.org/
http://online.stanford.edu/
https://alison.com/
http://at-riskyouth.org/
http://islamiconlineuniversity.com/
މިއެންމެހާ ކަންތައްތަކާއެކުގައިވެސް ލާރނިންގ މެނޭޖްމަންޓު ސިސްޓަމް ތަޢާރަފްވުމަކީ، ތަޢުލީމު ޙާޞިލުކުރުމަށް ވަގުތާއި މާލީ ދަތިކަމާއި އަދި މިނޫންވެސް ބައެއް އެހެނިހެން ސަބަބުތަކާހުރެ ކިޔެވުމަށް ދަތިވެފައިވާ އެތައް ބަޔަކަށް ހިތްވަރެއް ލިބިގެންދިޔަ ކަމަކަށެވެ. ބަދިގޭގައި ކައްކަން ހުންނަ މީހަކަށްވެސް، ދަނޑުގައި މިރުސް ހައްދަން ހުންނަ ދަނޑުވެރިޔާވިޔަސް އަދި ކަނޑުގައި މަސްބާނަން އުޅޭ މަސްވެރިޔާއަށްވެސް، އިންޓަރނެޓް މެދުވެރިކޮށް ކިޔެވުމުގެ ފުރްޞަތު ލިބިގެން ދިޔުމަކީ ތަޢްލީމަށް ލިބިގެންދިޔަ ބޮޑު އިންގިލާބަކަށެވެ. ދުވަހަކު ކްލާހަކަށް ޙާޟިރުނުވިނަމަވެސް ތަޢުލީމީ މަތީ ފާހެއް ތިމާގެ އަތުގައި ބޭއްވުމަށް ނުވަތަ ތިމާ ބޭނުންވާ ޢިލްމެއް، ހުނަރެއް ނުވަތަ ޤާބިލުކަމެއް ދަސްކުރުމަށް މިއީ ރަނުގެ ފުރްޞަތެއްކަމުގައި ދެކެމެވެ. ޢިލްމާއި ހުނަރަށް ލޯބިކުރާ މީހުން މިއިން ނަފާ ލިބިގަންނަމާތޯއެވެ.
އޮންލައިންކޮށް ކިޔެވޭ ބައެއް ވެބްސައިޓް ތަކުގެ ތެރޭގައި:
https://www.coursera.org/
http://online-learning.harvard.edu/
http://takeielts.britishcouncil.org/
http://online.stanford.edu/
https://alison.com/
http://at-riskyouth.org/
http://islamiconlineuniversity.com/
މަޢުލޫމާތު ނެގީ:
https://en.wikipedia.org/wiki/Learning_management_systemhttp://searchcio.techtarget.com/definition/learning-management-system
https://www.canvaslms.com/k-12/
http://elearningindustry.com/advantages-and-disadvantages-of-online-learning


ވަރަށް ފުރިހަމަ ލިޔުންކޮޅެއް
ReplyDeleteޒަމާނީ ޓެކްނޮލެޖީގެ ރޮނގުގައި ކުރިއަށް ދެވިދާނެ ދަރިވަރެއްކަން ފާހަގަކުރަން. އަދި މިކަމުގެ މުހިއްމުކަމާއި، ބޭނުންތެރިކަން ދެގެގަނެ މިފަދަ ޢިލްމީ މަސައްކަތްތަކެއް ކުރުން އެއީ އުއްމީދު ކަމުގައި ހަދާނެކަމަށް އުއްމީދުކުރަން
ReplyDeleteޢަލީ ޟާމިރު ތިޔަ ދެއްވި ހިތްވަރަށް ޝުކުރު ދަންނަވަން..
ReplyDeleteވަރަށް ފުރިހަމަ ލިޔުމެއް އޮންލައިން މެދުވެރިކޮށް ކިޔެވުމުގެ ގެއްލުން މިސުރުހީގައިގެ ދަށުގައި ގެނެސްދީފައިވާ ގްރާފުން މާމައުނަވީ މާނައެއް ދޭހަނުވެ.އެހންނޫނީ ވަރަށް ރަގަޅު
ReplyDeleteޢިލްމީ މަސައްކަތްތަކެއް މިލިއުމުގައި ހުރިކަން ފާހަގަކުރަމެވެ. މިލިއުން ކިޔާފަރާތްތަކަށް ވަރަށްގިނަގުނަ ފައިދާތަކެއް ކުރާނެކަމުގައި ދަންނަވަމެވެ.
ReplyDeleteޢިލްމީ މަސައްކަތްތަކެއް މިލިއުމުގައި ހުރިކަން ފާހަގަކުރަމެވެ. މިލިއުން ކިޔާފަރާތްތަކަށް ވަރަށްގިނަގުނަ ފައިދާތަކެއް ކުރާނެކަމުގައި ދަންނަވަމެވެ.
ReplyDeleteމީ ވަރަށް މޮޅަށް ލިޔެފައިވާ މައުލޫމާތުން ވަރަށް މުއްސަނދި ލިޔުމެއްކަން ފާހަގަކުރަން ނަމަ ވެސް މަޢުލޫމާތު ތަންކޮޅެއް ދިގުކޮށް ނުވަތަ ފުޅާކޮށް ގެނެސްދީފައިވާނަމަ ފުރިހަމަވީސް. ވަރަށް ބޮޑަށް ޝުކުރިއްޔާ
ReplyDeleteR
މީ ވަރަށް މޮޅަށް ލިޔެފައިވާ މައުލޫމާތުން ވަރަށް މުއްސަނދި ލިޔުމެއްކަން ފާހަގަކުރަން ނަމަ ވެސް މަޢުލޫމާތު ތަންކޮޅެއް ދިގުކޮށް ނުވަތަ ފުޅާކޮށް ގެނެސްދީފައިވާނަމަ ފުރިހަމަވީސް. ވަރަށް ބޮޑަށް ޝުކުރިއްޔާ
ReplyDeleteR
ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteތި އެންމެހާ ބޭފުޅުންގެ އަގުހުރި ކޮމެންޓްތަކަށް ޝުކުރިއްޔާ... ތިޔަބޭފުޅުންގެ ފާޑުވިދާޅުވުމާ، ދެއްވާ ހިތްވަރަކީ އަޅުގަނޑުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި. ޢަބްދުއްރަޙްމާން ޙަސަންގެ ޚިޔާލުގަ ދަންނަވާލަން ބޭނުންވަނީ، އެ ގްރާފް ގެނެސްފައިވަނީ ފަހު ޕެރެގްރާފުގާއި އޭގެ ދަށުން ހުރި ބައެއް އޮންލައިން ސައިޓުތަކުގެ ލިސްޓަށް އިތުރު ބާރެއްގެ ގޮތުން ކަމަށެވެ. ޝުކުރިއްޔާ! :)
ReplyDeleteލިޔުމުން ފައިދާތަކެއް ލިބިގެންދިޔަކަން ފާހަގަކުރަން.
ReplyDeleteމިއީ ވަރަށް ބޮޑަށް ދިރާސާކޮށްގެން ލިޔެފައިވާ މޮޅު ލިޔުމެއްކަން ފާހަގަ ކުރަން.. މިލޔުމަކީ އަސްލު މިކަހަކަ ބްލޮގަކަށްލާވަރަށްވުރެ ފެންވަރުރަނޅު ކޮށް ލިޔެފައިވާ ލިޔުމެއްކަމަށް ނިންމައިފީމެވެ.
ReplyDeleteއޮންލައިން ސިސްޓަމް މެދުވެރިކޮށް ކިޔެވުމުގެ ގެއްލުމާއި ފައިދާ ހިމަނާލާގެން ދިރާސާތަކެއް ކޮށްގެން ލިޔެފައިވާ ލިޔުޔުމެއްކަން ފާހަގަ ކުރެވެއެވެ.
ReplyDeleteއޮންލައިން ސިސްޓަމް މެދުވެރިކޮށް ކިޔެވުމުގެ ގެއްލުމާއި ފައިދާ ހިމަނާލާގެން ދިރާސާތަކެއް ކޮށްގެން ލިޔެފައިވާ ލިޔުޔުމެއްކަން ފާހަގަ ކުރެވެއެވެ.
ReplyDeleteދިރާސާތަކެއް ކޮށްގެން އެކުލަވާލާފައިވާ މޮޅު ލިޔުމެއް
ReplyDeleteމަޢުލުމާތު މުއްސަނދި ލިޔުމެއް .ލިޔުން ތަރުތީބުކޮށްފައިވާގޮތުން ކިޔާލަން ވަރަށް ފަސޭހަ
ReplyDeleteދިރާސާ ކުރުމަށްފަހު ލިޔެފައިވާ ވަރަށް ފުރިހަމަ ލިޔުމެއްކަން ފާހަގަ ކުރެވުނެވެ.
ReplyDeleteމި އާޓިކަލް ކިޔާލުމުން ވަރަށް ބޭނުންތެރި މަޢުލުމާތު ތަކެއް ލިބިއްޖެ... ވަރަށް ފުރިހަމަ. .
ReplyDeleteGood works. layout and presenting good.
ReplyDelete