Thursday, November 12, 2015

ބޮލުގައި ރިއްސުން ކުޑަކުރެވިދާނެ 6 ގޮތެއް


އާންމު ގޮތެއްގައި ބޮލުގައި ރިއްސުން ކުޑަކުރުމަށް ބޭސް ބޭނުންކުރާ މީހުން ގިނައެވެ. އެހެން ނަމަވެސް ބޭސް ބޭނުންކުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫނެވެ. ދިރިއުޅުމުގެ ވައްޓަފާޅި ކުޑަގޮތްތަކަށް ބަދަލުކޮށްލުމުން ބޮލުގެ ރިހުން ކުޑަވެއެވެ.


(1) ތިބާގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދެނެގަތުން. ތިބާ ކެއުމަށް ބޭނުންކުރަނީ ހަކުރުގެ މިންވަރު ގިނަ އަދި ބަންދުކޮށްފައިވާ ކާނާ ކަމުގައި ވަނީ ނަމަ، ލޭގައި ހުންނަ ހަކުރުގެ މިންވަރު މައްޗަށް ދެއެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިއްސުމަށް މަގުފަހިވެ އެކަން އިތުރަށް ގޯސްވެއެވެ. ހަމަ މިއާއެކު ލޭގައިހުންނަ ހަކުރުގެ މިންވަރު ދަށް ކަމުގައި ވާނަމަ ބޮލުގައި ރިއްސުމަށް މަގުފަހިވެއެވެ. މިކަމުގައި އެންމެ ރަނގަޅުގޮތަކީ ބަންދުކޮށްފައިވާ ކާނާ ކެއުން މަދުކޮށް، ތާޒާ(ގުދުރަތީ) މޭވާ އާއި ތަރުކާރީ އަދި މަދުން ފެޓް ހުންނަ މަސް ކެއުމެވެ. އޯގެނިކް ކާނާ ބޭނުންކުރުން ވަރަށް ރަނގަޅުވާނެއެވެ.

 (2) ހޫނާއި ފިނީގެ ތަފާތު(އަސަރު). ތިބާ ހަދަންޖެހޭ ގޮތަކީ، ތާފަނާ ފެނުގެ ތެރެއަށް ދެފައިތިލަ ލައިގެން އިނދެ ބޮލަށް ފިނިކުރުމެވެ.(އެއީ ފިނި ފޮތިގަނޑެއް އަޅައިގެން ނުވަތަ ގަނޑުފެން ޖައްސައިގެން ނުވަތަ އެހެން ގޮތަކުން). ބޮލަށް ފިނިވުމުން ބޮލުގައި ހުންނަ ނާރުތަށް ބާރުވެ ފިތިވެއެވެ. ފައިތިލައަށް ހޫނުވުމުން ފައިތިލާގައި އާއި ފައިގައި ހުންނަ ނާރުތަށް ދޫވެއެވެ. މިކަމުގެ ސަބަބުން ބޮލުގައި ހުންނަ ލޭތައް ހަށިގަނޑުގެ ތިރިއަށް ދާގޮތް ވެއެވެ. ބޮލުގައި ރިއްސާވަގުތު ބޮލުގައި ހުންނަ ލޭނާރުތަކަށް ދޫވެއެވެ. އަދި އޭގެ ސަބަބުން ލޭދައުރުކުރުން ގިނަވެއެވެ. މިގޮތަށް މާގިނައިން ލޭދައުރު ކުރުމުން ބޮލުގައި ރިއްސައެވެ.

 (3) ގިނައިން ފެންބުއިން ހަށިގަނޑުގައި ފެން މަދުވުމުން ބޮލުގައި ރިއްސާގޮތް ވެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ބޮލުގައި ރިއްސާ ނަމަ އެއްފަހަރާ އެހާ ގިނައިން ފެން ނުބޯށެވެ. އެއީ ހަށިގަނޑުގައި އެހުރިހާ ފެނެއްގެ ބޭނުން ކުރުމުގެ ގާބިލުކަން ނެތުމުންނެވެ. މިހެންވުމުން ދުވާލެއްގެ މައްޗަށް އެކިފަހަރު މަތިން މަދު މިންވަރަކަށް ފެންބޯށެވެ. ބޮލުގައި ރިއްސުން ހުންނަ ނަމަ ދުވާލަކު 8 އައުންސާއި 12 އައުންސާއި ދެމެދުގެ ފެން ބުއިމަށް ފަހު ދެން ކުރިއަށް ގެންދާނީ މަދުމަދުން ފެން ކޯވަރު ބޮމުންނެވެ.

(4) ހަރަކާތްތެރިވުން މިކަމުގެ ސަބަބުން ބޮލުގައި ރިއްސުން ކުޑަކުރުމަށް މަގުފަހި ވެއެވެ. ނަމަވެސް ކޮންމެހެނަކުން އެހާ ގަދަޔަށް ހެލިފެލިވެ އުޅޭކަށް ނުޖެހެއެވެ. ބޭރަށް ނިކުމެލައި ސާފުވައި ލިބޭ ހިސާބަކަށް ހިނގާލާފައި ދިޔަސް ވަރަށް ރަނގަޅުވާނެއެވެ. އެހަނީ މިކަމަކީ ހަށިގަނޑަށް ލިބޭ އޮކްސިޖަންގެ މިންވަރު އިތުރުވެ، ބޮލުގައި ރިއްސުން ދުރުކުރާ ކަމެކެވެ. އާއްމުކޮށް ކަސްރަތުކުރާ މީހުންގެ ލޭގެ ހިނގުން ރަނގަޅުވެ، ސަޅިކަން އިހުސާސްކުރެވި އަދި ބޯ ހާސްވާވަރު ދައްވެއެވެ. މިހުރިހާ ކަމަކީވެސް ބޮލުގައި ރިއްސުން ދުރުކޮށްދޭ ކަންކަމެވެ.

 (5) ރަނގަޅަށް ނިދުން ފުރިހަމަ ނިދި ނުލިބުމަކީ ބޮލުގައި ރިއްސަން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ނިދާހޭލައިރު ވަރުބަލިވެފައި ހުރުމާއި ނިދި އައިސްފަ ހުރުމަކީ މައިގްރޭން ހުންނަ މީހުންނަށް ދިމާވާ އާއްމު މައްސަލަތަކެކެވެ. ނަމަވެސް މިއީ ކަންބޮވާންވީ ކަމެއް ނޫނެވެ. އެއީ މި މައްސަލަތަކަކީ ވަރަށް ފަސޭހައިން ރަނގަޅު ކުރެވޭނެ ކަންކަމެވެ. ކޮންމެ ދުވަހަކުވެސް އެއްގަޑި އެއްގައި ނިދާފައި ހޭލުމަކީ ނިދުމުގެ ފެންވަރު ރަނގަޅުވާ ކަމެކެވެ.

 (6) އަރާމުކުރުން ގިނަފަހަރަށް ބޮލުގައި ރިއްސަނީ ހާސްވެ ކަންބޮޑުވުމުންނެވެ. ކަސްރަތުކުރުމުންނާއި ފުންކޮށް ނެވާލުމުން ހާސްކަން ކުޑަވެ ހަށިގަނޑުގައި އޮކްސިޖަން ދައުރުކުރާވަރު އިތުރުވެއެވެ. ރަނގަޅު މަސާޖެއް ކުރުމުން ބޮލުގެ ރިހުން ކުޑަވެ ހަށިގަނޑުގައި ލޭ ދައުރުކުރުން އިތުރުކޮށްދޭ ކަމެކެވެ. ޖުމުލަކޮށް ބުނާނަމަ، ބަންދުކޮށްފައިހުންނަ ހަކުރުހިމެނޭ ކާނާކެއުން މަދުކުރުމުންނާއި، ހޫނުފެނާއި ފިނިފެން ބޮލާއި ފައިތިލާގައި ބޭނުންކުރުމުންނާއި، އާންމުކޮށް ގިނައިން ފެންބުއިމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ފުރިހަމަ ނިދި ލިބުމާއި އަދި ހާސްކަމުން ދުރުވުމުން ބޮލުގައި ރިހުމަށް ހައްލެއް ލިބޭނެކަން ކަށަވަރެވެ. މިލިޔުމުގެ އަސްލުވަނީ ޔޫއެސް ނިއުސް އެންޑް ވޯލްޑް ރިޕޯޓް ގައެވެ

- See more at: http://dhiislam.com/89799#sthash.BMImXYNY.dpuf

3 comments:

  1. ماشاءالله!.. ބޭނުންތެރި ލިޔުންކޮޅެްއް... މިފަދަ ޞިއްޙީ މަޢުލޫމާތު އިތުަރަށް ފެންނާނެކަމަށ އުންމީދުކުރަން..

    ReplyDelete
  2. ވަރަށްފުރިހަމަ ލިޔުމެއް މިފަދަލިޔުމުންތަކުންވަރަށްގިނަ މަޢުލޫމާތު އެނގިގެންދާނެކަންޔަގީން

    ReplyDelete