ޒަމާނީ ޓެކްނޮލެޖީއާއި އަދުގެ ސްކޫލް
ޢަލީ ޟާމިރު
ތަޢާރަފު
މިއީ ދިވެހިރާއްޖޭގެ އިސްލާމިކް
ޔުނިވަރސިޓީއިން 2015 ވަނަ އަހަރު ފެއްޓެވި "ޕޯސްޓް ގުރެޖް އޭޝަން ޑިޕްލޮމާ
އިންޓީޗިނގް" ކޯހުގެ ކިޔަވައި ދިނުމުގެ ދާއިރާގައި "އެޑިޔުކޭޝަނަލް
ޓެކްނޮލެޖީ" މިމާއްދާއިން ތައްޔާރުކުރާ އެސައިމަންޓެކެވެ. ޒަމާނީ ޓެކްނޮލެޖީ
އަދުގެ ސްކޫލް، ނުވަތަ ޒަމާނީ ޓެކްނޮލެޖީއާއި، އަދުގެ ސްކޫލް މަދަރުސާ
މިސުރުޚީއަށް ތައްޔާރުކުރާ ލިޔުމެކެވެ. މިއެސައިމަންޓް އަޅުގަނޑުބެލީ
އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ
ވަޞީލަތްތަކީކޮބައިތޯއާއި، އަދި އެވަޞީލަތްތައް ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި
ބޭނުންކުރަނީ ކިހާ މިންވަރަކަށްތޯއާއި، އަދި މިވަޞީލަތްތައް ބޭނުންކުރުމުގައި ހުރި
ގޮންޖެހުންތަކަކީ ކޮބައިތޯއެވެ. މިގޮތުން ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް
ރާއްޖެތެރޭގައި ދެސްކޫލެއްގެ އިސްބޭފުޅުންނާ ފޯނުން ބަސްދީގަތުމެއް ކުރިއަށް
ގެންދިޔާމެވެ. " މިއީ އެޑިޔުކޭޝަނަލް ޓެކްނޮލެޖީ ކިޔަވައިދެއްވާ އުސްތާޛް
ޒާހިދު ހަވާލު ކުރައްވައިގެން ކުރާމަސައްކަތެކެވެ. މިމަސައްކަތް ކުރަން ޖެހޭ
ގޮތަކީ، މިކޯހުގެ ކޮންމެ ބައިވެރިއަކުމެ، ބުލޮގެއް ހަދަން ދަސްކުރުމަށްފަހު، އުސްތާޛް ހެއްދެވި ގުރޫޕް ތަކުންކުރެ ކޮންމެ ގުރޫޕަކުން ބުލޮގެއް ހަދާ
އެގުރޫޕެއްގެ ދަރިވަރަކު އެގުރޫޕެއްގެ ބުލޮގަށް އާޓިކަލެއްލިޔެ އެލިޔުނު
ދަރިވަރެއްގެ މޭލް ތުރޫކޮށް އެލިޔުނު އާޓިކަލް ފޮނުވާ ޝާއިޢު ކުރާގޮތަށެވެ. މިމަސައްކަތްކުރުމުގެ ހެޔޮތައުފީޤު މިއަޅާއަށް ﷲ މިންވަރުކޮށް
ދެއްވުންއެދި ދުޢާކުރާ ޙާލު މިމަސައްކަތް ނިންމުމަށް ފަށައިގަންނަނީ ﷲގެ
ހަޟުރަތުން ވާތްގަން އެދެމުންނެވެ.
16ނޮވެމްބަރ 2015
ޒަމާނީ ސްކޫލް، ކުލާސްރޫމުގެ ޓެކްނޮލޮޖީ
ޢަލީ ޟާމިރު

ޒަމާނީ ސްކޫލާއި ޓެކްނޮލެޖީ ކުލާސްރޫމަށް ބަލާއިރު މިޒަމާނުގެ ބައެއް ސްކޫލު
މަދަރުސާތަކާއި ކޮލެޖު ޔުނިވަރސިޓީތަކުގައި ފާހަގަ ކޮށްލެވޭ މިންވަރަށް އެޑިޔުކޭޝަނަލް
ޓެކްނޮލެކީ ބޭނުންކުރޭބާއެވެ؟އަޅުގަނޑުމެންގެ ރާއްޖޭގާވެސް ޒަމާނީ ސްކޫލް، ކުލާސްރޫމުގެ
ޓެކްނޮލޮޖީ ދުނިޔޭގެ ފެންވަރުގައި ގާއިމުވެފައިވާ ކޮލެޖް މަދަރުސާތައް
އެބަހުއްޓެވެ. މިތަންތަނުގެ ފެންވަރަކީ، ފަހުގެ ހޯދުންތަކުގެ އަލީގައި
ކުލާސްރޯމްތައް ތައްޔާރު ކުރެވިފައިވުމެވެ. އުގަނނައިދޭ ތަންތަނުގާ
ހުންނަންވާގޮތަށް ލައިޓިންގ
ސިސްޓަމާއި ސައުންޑާއި ކުލާހުގެ ފާރުތަކުގައި
ލެވިފައިވާ ކުލަތަކުން ފުރިހަމަ ކުރެވި، އުގެނުމަށް ފަސޭހަ މާހައުލަކަށް ހަދާފައި
ހުންނަނީ، ދަރިވަރު ކިޔަވަން ކުލާހުގައި ޝައުޤުވެރިކަމާއެކު ތިބެގެން އުގެނުމަށް
މަގުފަހިކޮށް ދިނުމަށެވެ. އަދި ބެލެނިވެރިން ބެލެނިވެރިން ބޭނުން ވުމުން
ދަރިވަރުގެ ހަރަކާތްތައް ދެނެގަތުމަށް މަގުފަހިކުރުމަށެވެ. ބޭނުންވަގުތެއްގައި
ދަރިފުޅުގެ އަތުގައިވާ ޑިވައިސް (ފޯނު) ބޭނުންކޮށްގެ ކުލާސް ރޫމުގައި އިން ދަރިފުޅު
އުޅޭގޮތް ކޮންމެ ވަގުތެއްގައި ބެލޭފަދަ ގޮތަކަށެވެ. ސްކޫލުގެ ވެރިން އޮފީހުގައި ތިއްބަވައިގެން
ކުލާސްތައް ބަލާ އަންގަން ބޭނުން އެންގުންތައް އަންގައި، ކިޔަވައިދިނުމުގާ ނުވަތަ
އެހެންވެސް ކަމެއް ދިމާވެގެން އަންގާ އެންގުންތަށް އަނގާހަދުމުގެ ފުރުޞަތު
އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ސަބަބުން ފަހިވެގެންދެއެވެ. އަދި ބައެއް ޙާލަތްތަކުގައި
ކުލާހަށް މުދައްރިސް ނުގޮސް ކިޔަވައިދެވި، އިއްވަން ބޭނުންވާ އަޑުތައްވެސް އިއްވުމުގެ
ފުރުޞަތުވެސް އެޑިޔުކޭޝަނަލް ޓެކްނޮލެކީގެ ސަބަބުން ވަނީ ފަހިވެފައެވެ. މިއީ މީޒަމާނީ
ޓެކުނޮލޮޖީގެ ފަސޭހަކަމެވެ.
ޒަމާނީ ސްކޫލް،
ކުލާސްރޫމު ޓެކްނޮލޮޖީއަކީ ޚަރަދު ބޮޑު ވަސީލަތެއްކަމުގައި ވިޔަސް މިވަޞީލަތްތައް ތަޢުލީމީ
މުޖުތަމަޢުން ބަލައިގަންނަކަން ފާހަގަކުރަމެވެ. މާލޭގައި ޤާއިމުވެފައިހުރި ސްކޫލް
މަދަރުސާތަކުގެ ތެރެއިން އެންމެފުރަތަމަ އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ވަޞީލަތްތައް
ޤާއިމުކުރީ މަޖީދިއްޔާ ސްކޫލްގައެވެ. މިކަން އިތުރަށް ސާފުކުރުމަށްޓަކައި
މަޖީދިއްޔާގެ ސްކޫލްގެ އިސްލާމް މުދައްރިސަކާ ބައްދަލުކޮށް މަޢުލޫމާތު
ސާފުކުރީމެވެ. " އަޅުގަނޑަކީ މަޖީދިއްޔާ ސްކޫލް ޓީޗަރެކެވެ. މަޖީދިއްޔާ
ސްކޫލްގައި ޤައިމުކުރި ޓެކްނޮލޮޖީ ވަޞީލަތްތަކުގެ ފަސޭހަކަމާ ކާމިޔާބުކަން ޢަމަލީގޮތުން ތަޖުރިބާ ކުރީމެވެ. މިއީ ޚަރަދު
ބޮޑު ކަމެކެވެ. ނަމަވެސް މިފަދަ ވަޞީލަތްތަކެއްގެ އެހީގައި ދެވޭ ތަޢުލީމު
މުޖުތަމަޢުން ބަލައިގަންނަ ކަމަށް ހެކިވާން ޖެހެއެވެ. ތެދު ތެދަށް ދަންނަވަނީނަމަ
ރާއްޖޭގައި މިދެންނެވި، ޒަމާނީ ސްކޫލް، ކުލާސްރޫމު ޓެކްނޮލޮޖީ އެންމެ ފުރަތަމަ
މިފެންވަރުގައި ޤާއިމުކުރެވި ޚިދުމަތް ދޭންފެށީ މަޖީދިއްޔާ ސްކޫލުންނެވެ. ހުރިހާ
ކުލާސް ރޫމެއްގައި އިންޓަނެޓާއި، އައިބޯޑު ބޭނުންކުރެވޭން ހުރެއެވެ. ސެކަންޑަރީ
ކުލާސްތަކުގެ އިތުރުން ޕްރައިމަރީ ކްލާސްތަކަށް ވެސް މިވަޞީލަތްތައް ފުރިހަމައަށް
ބޭނުންކުރާކަން ފާހަގަ ކުރަމެވެ. ވީމާ، މީކާމިޔާބު ވަޞީލަތްތައް ދަރިވަރުން
ބަލައިގަންނެ ޝައުޤުވެރި ކުރުވަނިވި ވަޞީލަތަކަށްވެ، މެނޭޖް ކުރުމުގާ ފަސޭހަ
ވަޞީލަތެއްކަން ފާހަގަ ކުރަމެވެ.
ތ.ވިލިފުށީ
ސްކޫލް ޒަމާނީ ސްކޫލެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި އެ ސްކޫލުން
ޑިޒައިންކޮށް ވިލުފުށީ ކައުންސިލަށް ޕްރޮޕޯސަލެއް ހުށަހެޅިކަމަށެވެ. މިޕްރޮޕޯސަލް
ހުށަހެޅުމުން މިޕްރޮޖެކްޓް ކުރިއަށް ގެންދަން ފަށައިގަނެގެން ކުރިއަށްގެންދާ
މަސައްކަތެއްކުރިއެވެ. މި ޕްރޮޖެކްޓުގެ އަމާޒަކީ ވިލުފުށީ ސުކޫލްގެ ހުރިހާ
ކުލާސްރޫމްތަކެއް މަލްޓި މީޑިއާ ބޭނުންކޮށްގެން ޒަމާނީ ވަސީލަތްތަކުގެ އެހީގައި
ކިޔަވައިދޭން ފެއްޓޭނެގޮތް ހެދުމެކެވެ. އަދި މުދައްރިސުން ތަމްރީނުކުރުމާއި،
މެއިންޓެއިންކޮށް ބެލެހެއްޓޭނެ ހަރުދަނާ ގޮތެއް ޤާއިމުކުރުމެވެ."[2] ތ. ވިލުފުށީ ސްކޫލަކީ
އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ސްކޫލެކެވެ. މި ސްކޫލްގެ ކުލާސްރޫމް ތަކަކީވެސް
އެޑިޔުކޭޝަނަލް ޓެކްނޮލެޖީގެ ވަޞީލަތަކަށް ފުރިހަމައަށް ޤާއިމުވެފައިވާ ކުލާސްރޫމްތަކެކެވެ.
"އިންޓަރ ނެޓާއި، ވައިފައިއާއި، އަދި މިނޫންވެސް ޒަމާނީ ވަޞީލަތްތައް
ޤާއިމުވެފައިހުރި އެޑިޔުކޭޝަނަލް ޓެކްނޮލެޖީ ޤާއިމުވެފައިހުރި އަދި
މިވަޞީލަތްތަކަށް އަހުލުވެރި މުވައްޒަފުންނާއި، މުދައްރިސުންގެ ސްކޫލެކެވެ.
މިސްކޫލް ސްކޫލްގައި ޒަމާނީ ވަޞީލަތްތައް ޤާއިމުކޮށް ޑިޖިޓަލް ކުރުމަށް 850،000ރ. ގެ ޚަރަދުކުރެވުނެވެ."
[3]
(ޢަބްދުﷲ ނާހިދު)
ތ. ވިލުފުށީ ސްކޫލު ޑިޖިޓަލް ކުރުމަށް ރައްޔިތުން ތަފާތު މަސައްކަތްތަކެއް
ކުރިއެވެ. ރައްޔިތުން ކުރަމުން ދިޔަ މަސައްކަތަށް އެހީތެރިކަން ހޯދުމުގެ
ގޮތުގެގޮތުންކުރި މަސައްކަތުން ހެޔޮއެދޭ ފަރާތްތަކުންވެސް މިމަސައްކަތަށް ވަރަށް
ފުރިހަމަ އެއްބާރުލުމެއްލިބުނެވެ." އެރަށު ރައްޔިތުން ކުރަމުން އަންނަ
މަސައްކަތަށް އެހީތެރިވުމަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން850،000ރުފިޔާގެ
އެހީއެއް ދީފިއެވެ."[4](
އާމިނަތު ޝިފްލީން)
![]() |
ތ.ވިލުފުށީ ސްކޫލް |
މިރަށު ރައްޔިތުން
ކުރަން ފެށި މިމަސައްކަތަށް "ފައިސާ
ހޯދުމުގެ ގޮތުން އެ ރަށު މަސްވެރިން ފާނައަށް ގޮސް 160255ރ. މިހާތަނަށް
ހޯދައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑިސެމްބަރު އެއް ވަނަ ދުވަހު މަސްވެރިން
ފެށި ދަތުރު ނިންމައިލީ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ. ތިން ދުވަހުގެ
މަސައްކަތުން ވިލުފުށީ ސްކޫލަށް 160255 ހަދިޔާކުރިއެވެ."[5] (ޢަބްދުﷲ ނާހިދު) ރައްޔިތުންގެ ބައިވެރިވުމާއި، ހެޔޮއެދޭ ފަރާތްތަކުގެ
އެހީއާއެކު މިސްކޫލްގެ "16 ކުލާސްރޫމްގައި "އީބީމް" ޤާއިމުކޮށް
ކޮމްޕިއުޓަރ ބަހައްޓައި، ކުލާސްރޫމްތަކާއި، ސްޓާފުރޫމައި، އޮފީސް އިންޓަރ ނެޓާއި،
އިންޓަރނަލް ވެޓްވޯކަކުން މިއަދުވަނީ ގުޅާލެވިފައެވެ. އަދި ޓީޗަރުން ސްޓާފްރޫމުގައި
ތިއްބަވައިގެން ދަރިވަރުންނަށް ފިލާވަޅު އޮޅުންފިލުވައިދެވޭނެ އިންތިޒާމު
ހަމަޖެހިފައެވެ. އަދި ފިލާވަޅާ ގުޅޭގޮތުން ދަރިވަރުންނަށް ދޭންޖެހޭ މަސައްކަތްތައް
ޓެކްނޮލެޖީގެ އެހީގައި ވަގުތުން ބޭނުންކޮށް ފަހަށް ރައްކައު ކުރުވޭނެ ފުރިހަމަ
އިންތިޒާމެއް މިހާރު މިސްކޫލްގައިވަނީ ޤާއިމުކުރެވިފައެވެ. ސްޓާފްރޫމްގައި
މުދައްރިސް އިންނަވައިގެން ކުލާހުގައި ތިބޭ ދަރިވަރުންނަށް ބޭނުންވާ ފިލާވަޅު
ކުރިއަށް ގެންދެވޭނެއެވެ. އަދި ޓީޗިންގެ އެއިޑްސްގެ ގޮތުގައި ބޭނުންކުރާނެ ކާޑާއި،
ވީ،ޑި،ޔޯ، އަދި އޯޑިޔޯ ފަދަ ވަޞީލަތްތައް ފަސޭހަކަމާއެކު ބޭނުންކޮށްގެން
ދަރިވަރުންގެ ބައިވެރިވުމާއެކު ކިޔަވައިދެވޭނެ އިންތިޒާމު މިއަދުވަނީ ޤާއިކުރެވިފައެވެ.
![]() |
ތ.ވިލުފުށި ރައްޔިތުން ސްކޫލަށްޓަކައި މަހަށްދަނި |
މިވަޞީލަތްތަކުގެ މަންފާ ހުރިހާ ގޮތަކުންވެސް ޙާޞިލްކުރާ ސްކޫލެއްގެ ގޮތުގައި
ތ.ވިލުފުށީ ސްކޫލް މިހާރުވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން މުދައްރިސުންގެ
މަސައްކަތަށް ލުއިފަސޭހަކަންލިބުމާއި، ދަރިވަރުންގެ ޝައުޤުވެރިކަން ކުލާސްރޫމްގައި
އިތުރުވެ ނަތީޖާއަށް ހެޔޮބަދަލުތަކެއް އައުމާއި، ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތަށް
ހެޔޮ ބަދަލުތަކެއްވަނީ އައިސްފައެވެ. މިގޮތުން ސްޓޭޝަނަރީއަށް ކުރަންޖެހޭ ޚަރަދު
ކުޑަކަންވެސް ފާހަގަކުރެވެއެވެ. މިފަދަ ވަޞީލަތްތައް ޤާއިމުކުރުމަކީ ޚަރަދު
ބޮޑުކަމެކެވެ. އަދި ދެމެހެއްޓެނިގޮތަކަށް މިޚިދުމަތް ފޯރުކޮށް ދިނުމުގައި
ގޮންޖެހުން ތަކެއްވެސް ހުންނާނެއެވެ. ނަމަވެސް " 5އަހަރު މާޟީވެ ދިޔައިރުވެސް
މޭޖަރ ބޮޑު ޑެމޭޖެއް (ބޮޑު ގެއްލުމެއް) އަދި ކުރިމަތި ނުވާކަމަށާއި، އަދި
މިމަސައްކަތްކުރި ކުންފުނި "ޑިވިޝަން އޮފް އޯޑިޔޯ، ވިޒުއަލް" އާއެކު
ވެވުނު އެއްބަސް ވުމުގެ ދަށުން 7އަހަރު ދުވަހުގެ ވޮރެންޓީއެއް ނުވަތަ ގެރެންޓީ
މިތަކެއްޗަށް އެކުންފުނިން ދީފައިވާކަމުގައި ވިދާޅުވިއެވެ. އަދި އެއްވެސް
އެއްޗަކަށް މައްސަލައެއް ޖެހިގެން ޙައްލުކުރަން ވެއްޖެނަމަ، އެއްވެސް ބަދަލަކާ
ނުލައި އޭގެ ބަދަލު ދެއްވާކަމުގައިވެސް ވިދާޅުވިއެވެ. "(ޢަބްދުﷲ ނާހިދު) [6] މިފަދަ ވަޞީލަތެއް
ޤާއިމުވުމުން ފުދުނީއެއް ނޫނެވެ. މުދައްރިސުންނީ މިތަކެއްޗަށް އަހުލުވެރިބަޔަކަށް
ހަދަންޖެހޭނެއެވެ. ދަރިވަރުންނަށް މިކަމުގެ މުހިއްމުކަމާއި، ބޭނުންތެރިކަން
ވިސްނައި ދޭންވާނެއެވެ. މިސަބަބުތަކަށްޓަކައި މުދައްރިސުންވަނީ ފުރިހަމައަށް ތަމްރީނުކުރެވިފައެވެ.
ބިނާކުރަނިވި ޚިޔާލު ދެއްވައި ޢިލްމާއި، މަޢުރިފާވެރިވުމަށް ބޭނުންވެގެން ޒިޔާރަތްކުރައްވ!ޢ
ReplyDeletevarah mauloomaathu libijje mi article in...
ReplyDeleteވަރަށް ފުރިހަމަަ. ވަކިވަކިން އަރިމަތީ ސުރުހީތައް ބޭނުންކޮށްގެން ލިޔުނު ނަމަ ވަރަށް ރަގަޅުވާނެ ކަމަށް ފެނެ
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteމި އާޓިކަލް އިން ޟާމިރު ސާރ އަކި ވަރަށް މައުލޫމާތު މުއްސަދި ބޭފުޅެއްކަން އެގިގެންދެއެވެ. މައުލޫމާތުތައް ވަރަށް ރަނގަޅު
ReplyDeleteވަރަށް ތަފާތު ފުރިހަމަ ލިޔުމެއް
ReplyDeleteވަރަށް ފުރިހަމަަ. ލިޔުމެއްކަން ފާހަގަކުރަން. ވަކިވަކިން އަރިމަތީ ސުރުހީތައް ބޭނުންކޮށްގެން ލިޔުނު ނަމަ އިތުރަށް ފުރިހަމަވެ އެތުރުންގަނޑުގެ ފުރިހަމަކަން ފެނުނީސް . ތިގޮތުގައި ކުރިއަށްދޭ!
ReplyDeleteވަރަށް ބޮޑަށް ދިރާސާކޮށްގެން ލިޔެފައިވާ މަޒުމޫނެއްކަން ފާހަގަ ކުރެވެއެވެ. އަދި ރާއްޖޭގެ ސުކޫލެއްގެ ހަޤީވާހަ ހިމަނާލާފައިވުމުން އިތުރަށް ފުރިހަމަވެގެން ގޮސްފައިވެއެވެ.
ReplyDeleteThis comment has been removed by the author.
ReplyDeleteماشاءالله!.. ވަރަށް ގިނަ މަޢުލޫމާތުތަކެެއް އެކުލެވޭ މަޟްމޫނެއް.. އެހެނިނހެން ސްކޫލްތަކުގައި މިފަދަ ވަސީލަތްތައް ޤާއިމް ކުރުމުގެ ޝައުޤުވެރިކަން އުފެދޭނެފަދަ ލިޔުންކޮޅެއްކަންވެސް ފާހަގަކޮށްލަން..
ReplyDeleteބިނާކުރަނިވި ފަދަ ލިޔުމެއްކަން ފާހަގަކުރަން. ފޮޓޯތައްވެސް ވަނީ ރަނގަލަށް ސާފުވާގޮތަށް ގުޅުވާލައިފަ
ReplyDeleteޙިޔާލުފުޅު ތަނަވަސް ކަންފާހަގަކުރެވެއެވެ. މިފަދަ ޒަމާނީ މަދަރުސާއެއް މި ދިވެހިރާއްޖޭގައި ގާއިމްވެ ކުރިައރަމުން އަންނަކަމުގެ ޙަބަރު މިލިބުނީ މިލިޔުމުން ކަމަށް އުފަލާ އެކު ބުނެލަމެވެ
ReplyDeleteމާޝާﷲ. ވަރަށް ފުރިހަމަ ލިޔުމެއް.
ReplyDeleteމާޝާﷲ. ވަރަށް ފުރިހަމަ ލިޔުމެއް.
ReplyDeleteތައުރީފު ޙްއްގު މަސައްކަތެއް.
ReplyDelete