އޮންލައިންކޮށް
ކިޔެވުމަކީ ކޮބާ؟
އޮންލައިންކޮށް
ކިޔެވުމުގެ މާނައަކީ ކިޔަވަން ބޭނުންވާ ޔުނިޓް ދަރިވަރުންނަށް އިންޓަރނެޓް
މެދުވެރިކޮށް ފޯރުކޮށްދިނުމެވެ. އަދި މިގޮތަށް ފޯރުކޮށްދިނުމުގައި އީމެއިލް،
ޑިސްކަޝަން ބޯޑްސް، ބްލޮގްތައް ނުވަތަ ވިކީސްފަދަ އޮންލައިން ޓެކްނޮލޮޖީއެއް
ބޭނުންކުރެވިދާނެއެވެ.
މިގޮތަށް ކިޔެވުމުގައި ކޯސް މެޓީރިއަލްތައް ޑައުންލޯޑްކޮށް، ރެކޯޑުކޮށްފައިހުރި ލެކްޗަރތައް ބަލައި، ކޯހުގެ އެހެން ބައިވެރިންނާ ވާހަކަ ދައްކާ، އެސައިންމެންޓްތައް އަޕްލޯޑްކޮށް ހެދިދާނެއެވެ. މިގޮތަށް ކިޔެވުމުގައި ކިޔަވާނެ ވަގުތާއި ތަނާއި ކަނޑައެޅުމުގައި ފަސޭހަވެގެން ދެއެވެ.[1]
މިގޮތަށް ކިޔެވުމުގައި ކޯސް މެޓީރިއަލްތައް ޑައުންލޯޑްކޮށް، ރެކޯޑުކޮށްފައިހުރި ލެކްޗަރތައް ބަލައި، ކޯހުގެ އެހެން ބައިވެރިންނާ ވާހަކަ ދައްކާ، އެސައިންމެންޓްތައް އަޕްލޯޑްކޮށް ހެދިދާނެއެވެ. މިގޮތަށް ކިޔެވުމުގައި ކިޔަވާނެ ވަގުތާއި ތަނާއި ކަނޑައެޅުމުގައި ފަސޭހަވެގެން ދެއެވެ.[1]
އޮންލައިންކޮށް
ކިޔެވުމާއި ކްލާސްރޫމަށް ހާޟިރުވެ ކިޔެވުމުގެ ތަފާތު
·
ކްލާސް ރޫމަށް ހާޒިރުވެ ކިޔެވުމުގައި ކްލާސްތަކަށް ނުވަތަ ކެމްޕަހަށް ހާޒިރުވާން ޖެހޭނެއެވެ. ކޮލެޖްއަށް
ހާޒިރުވުމުގެ ތަޖުރިބާ ބޭނުންވާނަމަ މިއީ ރަނގަޅުގޮތެކެވެ. އަދި މިގޮތަށް
ކިޔެވުމުގައި ކޮލެޖުގައި ހިންގާ ކްލަބާއި އެސޯސިއޭޝަންތައްފަދަ އިތުރު
ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަދި ގައިޑެންސް
ކައުންސެލަރުންނާއި ޕްރޮފެސަރުންގެ ފަރާތުން އިތުރުއެހީ ހޯދުމަށް ކެމަޕަހަށް
ހާޟިރުވުމުން ފަސޭހަވެގެން ދެއެވެ. ޓެކްނޮލޮޖީއަށް އަހުލުވެރި ނޫން
ދަރިވަރުންނަށްނަށާއި އަދި ޓީޗަރުންނާ ސީދާ ބައްދަލުވެ ކިޔަވަން އެދޭ ކުދިންނަށް
މިއީ ރަނގަޅުގޮތެކެވެ. އަދި ހަމަ މިއާއެކު ދަރިވަރުން ކްލާހަށް ހާޟިރުވެ
ޓްރެއިނިންގ ބޭނުންވާ ބައެއް ދާއިރާތައް ހުރެއެވެ. މިސާލަކަށް:
o
އޮޓޯ މޯބައިލް މެކޭނިކުން/ ޓެކްނީޝަނުން؛
o
ކޮމްޕިއުޓަރ ސައިންސް/ އިންޖިނިއަރިންގ؛
o ވެންޓިލޭޝަން/ އެއަރ ކޮންޑިޝަން ޓެކްނީޝަނުން؛
o
ނަރސިންގ.
·
އޮންލައިންކޮށް ކިޔެވުމުގައި ކްލާސްތައް
ނަގަނީ އިންޓަރނެޓް މެދުވެރިކޮށް އޮންލައިންކޮށެވެ. ގިނަކުދިން އޮންލައިންކޮށް
ކިޔަވަނީ މިގޮތަށް ކިޔެވުމުގައި ފަސޭހަވުމުންނާއި ވަގުތު ސަލާމަތްކުރުމަށެވެ.
އަރާމުގައި ގޭގައިހުރެ ކްލާސްތަކާއި ސެޝަންތައް މިގޮތަށް ނެގިދާނެއެވެ. އަދި
ބޭނުން ގަޑިއެއްގައި އެސައިންމެންޓްތަކުގެ މަސައްކަތްކޮށް އަޕްލޯޑްކުރުމުގެ
ފުރުޞަތުވެސް ލިބިދެއެވެ. ގިނައިރު މަސައްކަތުގައި ހޭދަކުރާ ފަރާތްތަކަށާއި އާއިލީ
ޒިންމާތަކުގައި ގިނަވަގުތު ހޭދަކުރަންޖެހޭ ފަރާތްތަކަށް އޮންލައިންކޮށް ކިޔެވުމަކީ
ވަރަށް ފަސޭހަގޮތެވެ. އަދި މިއީ ޚަރަދުވެސް ކުޑަގޮތެކެވެ. އެއީ
ދަތުރުފަތުރުކުރުމާއި އެހެނިހެން ކްލާހަށް ޙާޟިރުވުމަށްކުރަންޖެހޭ ޚަރަދުތައް
ކުރަން ނުޖެހޭތީއެވެ. މީގެ އިތުރުން މިއީ އަސްކަރިއްޔާގައި މަސައްކަތްކުރާ
ފަރާތްތަކާއި ގިނަ ގިނައިން ދަތުރުކުރަންޖެހޭ ފަރާތްތަކަށްވެސް މިއީ ވަރަށް
ފަސޭހަގޮތެކެވެ. އަދި އޮންލައިންކޮށް ކިޔެވުމަށްޓަކައި ދިރިއުޅޭ ހިސާބާއި ދުރުގައި
ނުވަތަ އެހެން ރަށެއްގެ ކޮލެޖެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދެއެވެ.
އެހެންނަމަވެސް މިގޮތް ޚިޔާރުކުރުމުގައި ލިބޭ ގެއްލުންތަކެއްވެއެވެ.
o
ކޯހުގެ އެހެން ބައިވެރިންނާއި ޕްރޮފެސަރުންނާ ގިނަގިނައިން ބައްދަލުނުވުން؛
އޮންލައިންކޮށް
ކިޔެވުމުގެ ފައިދާތައް
·
އަހަރެމެންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވާގޮތުން، ވަޒީފާގެ
ކުރިއެރުން ހޯދުމަށް ނުވަތަ އެހެން ދާއިރާއެއް ޚިޔާރުކުރުމަށް، ނުވަތަ އާ އެއްޗެއް
ދަސްކުރުމަށް، ކިޔެވުމަށް ކޮލެޖަށް ދިއުމަކީ ގިނަ މީހުންނަށް ފަސޭހަކަމެއް ނޫނެވެ.
އޮންލައިންކޮށް ކިޔެވުމުގެ އެންމެ ބޮޑު ފައިދާއަކީ މިއީއެވެ.
·
އެމީހަކަށް ފަސޭހަ، އެމީހަކު ބޭނުން، އިންޓަރނެޓް ލިބޭ ކޮންމެ ތަނެއްގައި
ހުރެގެން ކިޔެވުމުގެ ފުރުޞަތު ފަހިވުން.
·
ތިމާގެ ބިޒީ ޝެޑިއުލްގައި ބޭނުންކޮންމެ ވަގުތަކަށް ފައްތާލައިގެން ކިޔެވުމުގެ
ފުރުޞަތު ހޯދައިގަނެވުން.
·
ކެމްޕަސްތަކަށް ޙާޟިރުވެގެން ހަދާ ޑިގްރީއަކަށް ވުރެ އޮންލައިންކޮށް ހަދާ
ޑިގްރީ އެއްގެ އަގުހެޔޮވެއެވެ. އެއީ ދަތުރު ފަތުރުކުރަން ނުޖެހުމާއި ކޯސް
މެޓީރިއަލްސް ޑައުންލޯޑްކުރުމުން އެކަމަށްދާ ޚަރަދުވެސް ކުޑަވެގެންދެއެވެ.
·
ތިމާއަށް ވަގުތުވީވަރަކުން އެއްކޯހަށްވުރެ ގިނަ ކޯސް އެއްފަހަރާ ފުރިހަމަ
ކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދެއެވެ.
އޮންލައިންކޮށް
ކިޔެވުމުގެ ގެއްލުންތައް
· ކްލާހަށް ހާޟިރުވެ ކިޔެވުމުން އެހެން ކުދިންނާ ގުޅުންބަދަހިކުރުމަށާއި،
ކެތްތެރިވުމަށާއި، ހިތްހަމަނުޖެހޭ ކަންކަމާ ކުރިމަތިލުމަށާއި ދުޅަހެޔޮގޮތުގައި
އެހެންކުދިންނާ ވާދަކުރުމަށް ދަސްވެއެވެ. މިއީ އޮންލައިން ކޯސްތަކުގައި ދަސްވާ
ކަންތަކެއް ނޫނެވެ.[3]
·
ކުލާހަށް ނުވަތަ ކެމްޕަހަށް ޙާޟިރުވުމުން ގިނަ ދަރިވަރުން ބައްދަލުވެ
އެކިއެކި ކަންކަމުގައި މަޝްވަރާކުރުމުގެ ފުރުޞަތު ފަހިވެ، މީހާ ސޯޝަލްވުމަށް
މަގުފަހިވެގެންދެއެވެ. އޮންލައިން ކޯސްތަކުގައި މިފުރުޞަތެއް ނޯންނާނެއެވެ.
·
ކުލާހަށް ނުވަތަ ކެމްޕަހަށް ޙާޟިރުވުމުން އެކިއެކި ކްލަބްތަކާއި އިތުރު
ޙަރަކާތްތަކުގައި ބައިވެރިވެ، ހަރަކާތްތެރި، ދުޅަހެޔޮގޮތުގައި ގޮތުގައި ކިޔެވުމަށް
ފުރުޞަތު ލިބިގެންދެއެވެ. ނަމަވެސް އޮންލައިން ކޯސްތަކުގައި މިފުރުޞަތެއް
ނޯންނާނެއެވެ.[4]
އީ ލާރނިންގ ގެ ފުރުޞަތުތައް:
·
އީ ލާރނިންގ ގައިވެސް ވަރަށްގިނަ ފުރުޞަތުތަކެއް މިހާރު ފަހިވެފައި
އެބަހުއްޓެވެ. އެގޮތުން ޞިއްޙީ ދައިރާގެ ތަފާތު ކޯސްތައްވެސް މިހާރު
އޮންލައިންކޮށް ހަދާލެވެއެވެ. މިގޮތުން www.healthtech.com މިސައިޓުން ފިއުޗަރ
ބަޔޯ މެޑިކަލް އެޕްލިކޭޝަންސް ތްރީޑީ ޕްރިންޓިންގ އާއި ފިއުޗަރ މެޑިކަލް
އެޕްލިކޭޝަންސް އިން ތްރީޑީ ޕްރިންޓިންގ ފަދަ ކޯސްތައް ހިމެނެއެވެ.
·
www.nakcollection.com ހިންގާ ކޯސްތަކުގެ ތެރޭގައި ވެން މުސްލިމުސް ވަރކް
ޓުގެދަރ އާއި ވައި އިސްލާމް އާއި ލާރން ޢަރަބިކް ފަދަ ކޯސްތައް ހިމެނެއެވެ. މިއީ
އިސްލާމްދީނާއި ޢަރަބި ބަހަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ވަރަށްވެސް
މުހިއްމު އަދި ބޭނުންތެރި ސައިޓަކަށް ވާނެއެވެ.
·
www.islamiconlineuniversity.com އިން ހިންގާ ބައެއް އޮންލައިން ޕްރޮގްރާމްތަކަށް
ބަލާލާއިރު ޑިޕްލޮމާއިން އިސްލާމިކް ސްޓަޑީޒް އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަން
އާއި އައިޓީއާއި ސައިކޮލޮޖީއާއި އެޑިއުކޭޝަންއާއި އިސްލާމިކް ބޭންކިންގ އެންޑް
ފައިނޭންސް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.[5]
·
www.aiu.edu އިން ހިންގާ
ޕްރޮގްރާމްތަކުގެ ތެރޭގައި ބެޗްލަރ އޮފް ބިޒްނަސް އާއި ބެޗްލަރ އޮފް އާރޓްސް އާއި
ބެޗްލަރ އޮފް އިންޖިނިއަރިންގ އާއި ބެޗްލަރ އޮފް ސައިންސް އާއި މާސްޓަރސް އޮފް
އާރޓްސް އާއި މާސްޓަރސް އޮފް ބިޒްނަސްއާއި މާސްޓަރސް އޮފް އިންޖިނިއަރިންގ އާއި
މާސްޓަރސް އޮފް ސައިންސާއި ޑޮކްޓަރ އޮފް ބިޒްނަސްއާއި ޑޮކްޓަރ އޮފް
އިންޖިނިއަރިންގ އާއި ޑޮކްޓަރ އޮފް ސައިންސް ހިމެނެއެވެ.
·
www.liberty.edu އިން އެސޯސިއޭޓް ޑިގްރީ ޕްރޮގްރާމްގެ ދަށުން ހިންގާ ޕްރޮގްރާމްތަކުގެ
ތެރޭގައި އެކައުންޓިންގ އާއި ބިޒްނަސްއާއި ކްރިމިނަލް ޖަސްޓިސްއާއި އެޑިއުކޭޝަނާއި
ސައިކޮލޮޖީއާއި އާރލީ ޗައިލްޑް ހުޑް އެޑިއުކޭޝަން ފަދަ ކޯސްތައް ހިމެނެއެވެ. އަދިވެސް
އެކި ދާއިރާއިން ބެޗްލަރސް ޑިގްރީއާއި މާސްޓަރސްއާއި ޑޮކްޓޯރަލް ޕްރޮގްރާމްތައް
ހިމެނެއެވެ.
·
www.phoenix.edu އިން ހިންގާ
ކޯސްތަކަށް ބަލާލާއިރު އެސޯސިއޭޓް ޑިގްރީ އިން އާރޓްސް އެންޑް ސައިންސްއާއި
ކްރިމިނަލް ޖަސްޓިސް އެންޑް ސެކިއުރިޓީއާއި ނާރސިންގ އެންޑް ހެލްތް ކެއާރ ފަދަ
ކޯސްތައް ހިމެނެއެވެ. މިސައިޓުން މިދާއިރާތަކުގެ ބެޗްލަރސް ޑިގްރީ އާއި މާސްޓަރސް
ޑިގްރީއާއި ޑޮކްޓޯރަލް ޑިގްރީ ހިމެނެއެވެ.
އޮންލައިންކޮށް ކިޔަވައިދޭ ބައެއް ސައިޓްތައް:
އޮންލައިންކޮށް ކިޔެވެންހުރި ގިނަ ސައިޓްތަކެއް ފާހަގަކުރެވިފައިވާތީ ފާހަގަކުރެވޭ. މުހިންމު ބޭނުންތެރި މައުލޫމާތުތަކެއް
ReplyDeleteމީ ވަރަށް މޮޅަށް ލިޔެފައިވާ މައުލޫމާތުން ވަރަށް މުއްސަނދި ލިޔުމެއްކަން ފާހަގަކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteމިއީ މިޒަމާނާއި އެންމެ އެކަށީގެންވާ މަޢުލޫމާތުކޮޅެކެވެ. އަދި މިއީ މުދައްރިސުންނަށް ވަރަށް މުހިއްމު މަޢުލޫމާތުކޮޅެކެވެ.
ReplyDeleteވަރަށް ފުރިހަމަ ތިލަ އިބާރާތުން ލިޔެވިފައިވާ ކިޔާލަން ފަސޭހަ މަޒުމޫނެއް
ReplyDeleteޢީލާނިންގެ ފުރުޞަތުތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މިލިޔުމުން އެފަދަ ވެބްސައިޓުތައްވެސް ފެންނަންހުރިކަން ފާހަގަ ކުރެވެއެވެ.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteޢީލާނިންގެ ފުރުޞަތުތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މިލިޔުމުން އެފަދަ ވެބްސައިޓުތައްވެސް ފެންނަންހުރިކަން ފާހަގަ ކުރެވެއެވެ.
ReplyDeleteماشاءالله!.މުހިންމު މަޢުލޫމާތުތަކާއި ވެބްސައިޓް އެޑްރެސްތައް އެނގިގެން ގޮސްފި.. ލިޔުންވި ބޭފުޅާގެ މަޢުލޫމާތު ފަސޭހައިން ފެންނަން ހުރުމަކީ މުހިންމުކަމެއް ކަމުގައި ދެކެން.
ReplyDeleteއޮންލައިންކޮށް ކިޔެވުމުގެ ފައިދާތަކާއި ގެއްލުންތައް ގެނެސްދިނުމުގެ އިތުރަށް އޮންލައިންޮށް ކިޔެވޭ ވަރަށް ގިނަ ސައިޓްތަކާއި އެސައިޓްތަކުން ކިޔެވޭ ގިނަ ކޯސސްތަކެއްވެސް ލިޔުމުގައި ހިމަނާލައިފައިވާކަން ފާހަގަކުރެވޭ.
ReplyDeleteފުރިހަމަ ލިޔުމެއް ވަރަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެން ހިނގައްޖެ
ReplyDeleteއޮންލައިންކޮށް ކިޔެވުމަށް ފަސޭހަ މަގުތަކެއް ވާކަން އެގިއްޖެ ވަރަށް. ފުރިހަމަ މައުލޫމާތު ތަކެހުރިކަން ފާހަގަ ކުރެވުނު
ReplyDeleteވަރަށް ފުރިހަމަ، މައުލޫމާތު ވަރަށް މުއްސަނދި. އެކަމަކު އެމްއެސް ވާޑްގައި ފުޓްނޯޓް ލީ ގޮތަށް ކޮޕީ ޕޭސްޓް ކޮށްފައި ހުރުމުން ފުޓްނޯޓް ނަންބަރުން އެ ރެފަރެންސަށް ވާސިލްކޮށެއް ނުދޭ. އޭގެ ބަދަލުގައި ހައިޕްރ ލިންކެއްގެ ގޮތުގައި އެއާޓިކަލަށް ވަދެވޭނެ ލިންކް ހިމަނާލިނަމަ ރަނގަޅުވީސް.
ReplyDelete