c
ލިޔުނީ:
ފާތިމަތު ވަޙީދާ
މިއީ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ކުރިއަރަމުން އައިސްފައިވާ ގޮތާއި ، ތާރީޚް ތަކާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މި
ލިޔުމުގައި، ދުނިޔޭގައި ޓެކްނޮލޮޖީ ކުރިއަރަމުން އައިސްފައިވާ ގޮތުގެ މަޢުލޫމާތު
2008 ވަނަ އަހަރާއި ހަމައަށް ހިމަނާލާފައިވާނެއެވެ. ލިޔުން މާ ދިގުވެދާނެ
ކަމަށްޓަކައި ހިމަނާލާފައިވާނީ ބައިތަކަކަށް ބަހާލައިގެން އަހަރުތަކުގައި ހިނގާފައި
މުހިންމު ބައެއް ކަންކަމުގެ މައްޗަށެވެ. އަދި މިގެ އިތުންރުން ދިވެހިރާއްޖޭގެ
ޓެކްނޮލޮޖީ ފެށިގެން އައިގޮތަށްވެސް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައިފައި
ވާނެއެވެ.
އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ކުރިއަރަމުން
އައިސްފައިވާ ގޮތް/ތާރީޚް
ޓެކްނޮލޮޖީގެ ފެށުން
ތާރީޚް ތަކުން އެނގޭގޮތުގައި ޢީސާގެފާނުގެ މީލާދުގެ 3000 އަހަރު ކުރިންވެސް
ޓެކްނޮލޮޖީއަށް މީހުންޝައުޤުވެރިވެ ޓެކްނޮލޮޖީ ކުރިއެރުވުމުގެ މަސައްކަތް
ފަށައިފިއެވެ.3000 ބި.ސީ. ގައި އެބެކަސް އީޖާދުކޮށް ކޮމްޕިއުޓަރ ގެ ފެށުން
އައެވެ. އޭރު އެބެކަސްއަކީ ހިސާބުހެދުމަށް ބާބީލް ގައި ބޭނުންކުރިއެއްޗެކެވެ. 2300 ބީ.ސީ ގައި
އިނގިރޭސި ވިލާތުގެ މަޝްހޫރު ބިނާ "ސްޓޯން ހެންޖް" ނަމަކަށް ކިޔާ ނުޖޫމީ
ކަލްކިއުލޭޓަރެއްގެ މަސައަކަތް ފެށިއެވެ. މިތަން ހެދުމަށް 2000 އެއްހާ އަހަރު
ހޭދަވިއެވެ. އަދި200
ބީ.ސީ ގައި ޗައިނާގެ ސޯން ޕޭން އަދި ޖަޕާނުގެ ސޮރޯބަން ކޮމްޕިއުޓަރ ޓްރޭ
އީޖާދުކުރިއެވެ. މީ
މިއަދާއި ޖެހެންދެންވެސް ހިސާބުހެދުމަށް ބޭނުންކުރެވޭ އެބެކަސްގެ ވައްތަރެކެވެ.
މިއަދާއި ޖެހެންދެންވެސް ހިސާބުހެދުމަށް ބޭނުންކުރެވޭ އެބެކަސްގެ ވައްތަރެކެވެ.
19ވަނަ ޤަރުނު ގެ ކުރިން
19ވަނަ ގަރުނާއި ހަމައަށް ދުނިޔެ ދަތުރުކުރި އިރު މިޒަމާނުގެ ޓެކްނޮލޮޖީގެ
މަލަމަތި ވަނީ ފެންނަންފަށާފައެވެ. މި މުއްދަތުގެ ތެރޭގައި ކުރެވުނު ބޮޑެތި އީޖާދު
ތަކަށް ބަލާއިރު 1400ގެ ތެރޭގައި ލިއެނާޑޯ ޑާވިންޗީ އީޖާދުކުރި ކަލްކިއުލޭޓަރާއި
ޔޮހާނެސް ގުޓެމްބަރގް ޖަރުމަނުގައި އުފެއްދި ޕްރިންޓްކުރާ މެޝިން
ފާހަގަކޮއްލަންޖެހެއެވެ. މި މެޝިނުން އެންމެ ފުރަތަމަ ކުރެވުނީ ބައިބްލް ގެ
ޕްރިންޓެކެވެ. އޭގެ ފަހަށް ބަލާލާއިރު 1617ގައި ޖޯން ނަޕިއަރ ކަލްކިއުލޭޓް
ކުރުމަށް އެހީ އެއްގެ ގޮތުން ނަޕިއަރސް ބޯންސް ގެ ނަމުގައި ނަވަތަ ހިސާބުގެ އާލާތެއް
އުފެއްދިއެވެ. އަދި 1654ގައި ރޮބަރޓް ބިސެކަރ 'ސްލައިޑް ރޫލް' ނަމަކަށް ކިޔާ
ފަތިގަޑެއް އުފެއްދިއްވެ. މިއާލާތް އިންޖިނިއަރުންނާއި ސައިންޓިސްޓުން 1970ގެ
ތެރެއާއި ހަމައަށްވެސް ބޭނުންކުރިއެވެ.
1646ގައި 'މާޖިން ކަޓަކޮޕިކަރ' ނަމަކަށް ކިޔާ ފުރަތަމަ ޕްރޮޖެކްޓަރ
އުފެއްދިއެވެ. މިއަށް 'މެޖިކް ލޭންޓަރން'ވެސް ކިޔާ އުޅުނެވެ. އަދި 1725ގައި
'ޖޯސެފް ޔަކުއާރޑް' ސިލްކު ބޭނުން ކޮއްގެން 'ޕަންޗްޑް ކާޑު' އީޖާދުކުރިއެވެ.
މިހާރުގެ ކޮމްޕިއުޓަރ ޕްރޮގްރާމިންގ އުފެދިގެން އައީ މި ޚިޔާލުގެ މައްޗަށެވެ.
އޭގެފަހުން 1752ގައި 'ބެންޖަމިން ފްރޭންކްލިން' ކޮމްޕިއުޓަރ ފަދަ ތަކެތީގައި
މިހާރު ބޭނުން ކުރާ ކަރަންޓްގެ ވަސީލަތް އީޖާދުކުރިއެވެ.
19ވަނަ ޤަރުނުގައި
ނަވާރަ ވަނަ ޤަރުނުގެ ޓެކްނޮލޮޖީއަށް ބަލާލާއިރު މިޤަރުނަކީ ވަރަށްގިނަ
ޓެކްނޮލޮޖީއެއްގެ ފެށުން އައި، އަދި ތަރައްޤީވާން ފެށި ދުވަސްވަރެކެވެ.
މިގޮތުން 1800 ވަނަ އަހަރު ކަލްކިއުލޭޓްކުރާ
މެޝިން 'ލެއިބިންޒް' އީޖާދުކޮށް ފުޅާ ދާއިރާއެއްގައި އުފައްދަންފެށިއެވެ. އަދި 1820ގެ
އަހަރުތަކުތެރޭގެ ކުރިއެރުންތަކަށް ބަލާއިރު ޗާލްސް ބަބާޖްގެ 'ކޮމްޕިއުޓިންގ މެޝިން'
އާއި ޕީޓަ މާކްރޮޖޭގެ މޯޝަން ޕިކްޗަރ ފާހަގަކޮއްލަންޖެހެއެވެ. ބަބާޖް އަކީ ޑިޖިޓަލް
ކޮމްޕިއުޓަރުގެ ކާފަގެ ލަގަބު ދެވިފައިވާ މީހެކެވެ. އަދި މާކްރޮޖޭގެ މޯޝަން
ޕިކްޗަރ ނުވަތަ އެނިމޭޝަން އަކީ މިއަދާޖެހެންދެންވެސް މަލްޓިމީޑިއާގައި އެންމެ
މުހިންމު އެއް ބާވަތެވެ. 1876 ވަނައަހަރު އަލެގްޒާންޑަރ ގްރަހަމް ބެލް އެންމެ
ފުރަތަމަ އިލެކްޓްރިކް ސްޕީޗް މެޝިން (މިހާރުގެ ޓެލެފޯން) އީޖާދުކުރިއެވެ. އެއަށްފަހު
1884 ގައި "ހޮލަރގް" އޮޓޮމެޓިކް
ޕަންޗްކާޑް ބޭނުންކޮށްގެން ޓެބިއުލޭޓިން މެޝިނެއް އީޖާދުކޮށް 1890 ގެ ތެރޭގައި
އެތަކެތި ވިއްކުމަށް ކޮމްޕެނީއެއް (މިހާރުގެ IBM) އުފެއްދިއެވެ. 1880 ގެ
އަހަރުތަކުގެތެރޭގައި ތޯމަސް އެޑިސަންގެ "ކައިނެޓޯސްކޯޕް" 'ޑިސްކް
ފޯނޯގްރާފް' އަދި 'އިލެކްޓްރިކް ލައިޓް ބަލްބް' އީޖާދުކުރިއެވެ.އަދި 1895 ގައި ގުގްލީލްމޯ
މަރކޯނީ 'އިލެކްޓްރޯމެގްނެޓިކް ވޭވް' ބޭނުންކޮށްގެން ސިގްނަލް ފޮނުވައި ރިސީވް
ކުރިއެވެ. މިއީ ދުނިޔޭގައި އެންމެފުރަތަމަ ވަޔަލެސް ކޮމިޔުނިކޭޝަން ރޭޑިއޯއެވެ. ތައުލީމީ
ދާއިރާގައި މިހާރުވެސް އެންމެ ޑިމާންޑް ބޮޑު އެއް ދާއިރާކަމަށްވާ ޑިސްޓެންސް
ލަރނިންގ ވެސް އީޖާދުކޮށް ތައާރަފް ވެގެން ދިޔައީ މި ގަރުނުގެ ތެރޭގައެވެ. މިކަން
ތައާރަފްކުރީ އިނގިރޭސިވިލާތުގެ އައިސެކް ޕިޓްމަންއެވެ.
20ވަނަ
ޤަރުނު
ދުނިޔެޔޭގެ ޓެކްނޮލޮޖީއަށް އިންގިލާބެއް ގެނުވީ
ވިހިވަނަ ޤަރުނު ގައެވެ. ޓެކްނޮލޮޖީގައި ފާހަގަކޮށްލެވޭފަދަ ބޮޑެތި
ކުރިއެރުންތަކކެއް މި ޤަރުނުގައި ހޯދާފައި ވެއެވެ. މިގޮތުން 1902 ވަނަ އަހަރު
ޗަރލްސް އާބަން ކިޔަވައިދިނުމުގެ ފިލްމް އުފައްދައި ދައްކާލިއެވެ. އަދި 1912 ވަނަ
އަހަރު 16 މިލިމީޓަރ ގެ ޕްރޮޖެކްޓަރ އުފެއްދިއެވެ.
އަދި ހަމަ މިއަހަރު ޓެލެފޯން
ބްރޯޑްކާސްޓްޓެސްޓްވެސް ކުރަން ފެށިއެވެ. ޓެލެވިޜަންސެޓް
(ޓީވީ) ޢާއްމުކޮށް ދައްކާލެވުނީ 1917 ވަނަ އަހަރުއެވެ. އެއަށްފަހު 1946 ވަނަ
އަހަރު ޢާއްމު ބޭނުންތަކަށް ޚާއްސަކުރެވިގެން އުފެއްދި އެނެމެފުރަތަމަ ޑިޖިޓަލް
ކޮމްޕިއުޓަރ ( (ANIECއާއިއެކު ކޮމްޕިއުޓަރ ޓެކްނޮލޮޖީ އުފަންވިއެވެ. މިމަސައްކަތް ކޮށްފައިވަނީ
ޑރ. ޖޯން މޯޗްލީ އާއި ޖޭ. ޕްރެސްޕަރ އެކަރޓްއެވެ. އެނިއެކް އަކީ 30ޓަނު ހުންނަ
18000 ވެކިއުމް ޓިއުބް އެކުލެވޭ ކޮމްޕިއުޓަރއެކެވެ. މިކޮމްޕިއުޓަރަށް 160ކވ ގެ
ކަރަންޓް ބޭނުންވެއެވެ. އެއަށްފަހު 1950 ގެ އަހަރުތަކުތެރޭގައި އެޑިޔުކޭޝަނަލް ޓީވީ
ޕްރޮގުރާމްތައް ބްރޯޑްކާސްޓް ކުރަން ފެށުނެވެ. އަދި ވެކިއުމް ޓިއުބް މެމޮރީ ގެ ބަދަލުގައި ކޯ މެމޮރީ އުފެއްދީ މިމުއްދަތުގައެވެ.
އިންޓެލް 4004 ގެ ނަން ދީފައިވާ މި ޗިޕް އުފެއްދީ ޑރ. ރެޑް ހޮފް އެވެ. ހަމަ މިމުއްދަތުގައި ރޮބަރޓް މެޓްކާފް ނަމަކަށް ކިޔާ މީހަކު އެންމެ ފުރަތަމަ ލޯކަލް އޭރިއާ ނެޓްވޯކް (ލޭން) އުފެއްދިއެވެ. އިތަރނެޓް ގެ ނަން ދީފައިވާ މި ނެޓްވޯކް އުފެއްދީ ޒެރޮކްސް ޕާކް (ޕަލޯ އަލްޓޯ ރިސާރޗް ސެންޓަރ) ގައެވެ. މިއީ ޒަމާނީ ކޮމްޕިއުޓިންގ ގެ އާޓިސްޓް ސްޓީވް ޖޮބްސްގެ އެޕަލް މަޝްހޫރުވި ދުވަސްވަރެވެ.
1976ވަނަ އަހަރު ސްޓީވް ޖޮބްސްއާއި ސްޓީވް ވޮޒްނިއަކް(ވޮޒް) ގުޅިގެން އެންމެ
ފުރަތަމަ އެޕަލް ކޮންޕިއުޓަރ އުފެއްދިއެވެ. އަދި ކުޑަ ދުވަސްކޮޅަކަށްފަހު އެޕަލް
ކޮންޕިއުޓަރުގެ 2 ވަނަ ވަރޝަން ވެސް އުފެއްދިއެވެ. އެއާއެކު ސްކޫލުތަކާއި
ކޮލެޖްތަކުގައި އެޕަލް ކޮންޕިއުޓަރުގެ މަޤުބޫލުކަން އިތުރުވެގެން ދިޔައެވެ. މިކަމާއި ގުޅިގެން
ވާދަވެރި އައި.ބީ.އެމް އިން 1980 ވަނަ އަހަރު ޕަރސަނަލް ކޮންޕިއުޓަރުތަކުގައި
ބޭނުންކުރާނެ އޮޕަރޭޓިންގ ސިސްޓަމްއެއް ހެދުމުގެ މަސައްކަތް މައިކްރޯސޮފްޓްގެ ކޯ
ފައުންޑަރ ބިލްގޭޓްސް ފަށައި މައިކްރޯސޮފްޓް ޑޮސް އޮޕަރޭޓިން ސިސްޓަމް ތަޢާރަފް
ކުރިއެވެ.
މިއާއެކު މިހާރާޖެހެންދެން ވެސް މިއޮތް ކޮމްޕިއުޓަރ ޓެކްނޮލޮޖީގެ ބޮޑު ދެފަރާތުގެ
ވާދަވެރިކަން ފެށި ކުރު މުއްދަތެއްގެ ތެރޭގައި މިދާއިރާއަށް ބޮޑު އިންގިލާބެއް
ގެނައެވެ. އެގޮތުން 1981ގައި އައި.ބީ.އެމް ގެ ޕަރސަނަލް ކޮންޕިއުޓަރު މާކެޓަށް
ނެރުނެވެ. އަދި އެންމެ ފުރަތަމަ ކޮންޕިއުޓަރު ވައިރަސް ކަމަށްވާ "އެލްކް
ކޮލޯނަރ" ކޮމްޕިއުޓަރު ތަކުގައި ފެތުރެން ފެށިއެވެ. މިވައިރަސް އުފައްދާފައި
ވަނީ އެޕަލް 2 ގެ އޮޕަރޭޓިން ސިސްޓަމް އެޅުމަށް ޚާއްޞަކުރެވިފައިވާ ފްލޮޕީ ޑިސްކު
މެދުވެރިކޮށެވެ. އޭގެ ފަހުން 1984 ވަނަ އަހަރު އެޕަލް ކުންފުނީގެ މަޝްހޫރު މެކިންޓޮޝް
ނުވަތަ މެކް ކޮންޕިއުޓަރު އެފެއްދިއެވެ. މިފަދަ އެތަށް އީޖާދަކާއި ކުރިއެރުމެއް ޓެކްނޮލޮޖީގެ ދުނިޔެއަށް
ގެންނަމުން އައި މިދެކުންފުނީގެ ކާމިޔާބު ވާދަވެރިކަމަށް އަދިވެސް ނިމުމެއް
ނާދެއެވެ. އެހެންނަމަވެސް 2011 ވަނަ އަހަރު ސްޓީވް ޖޮބްސް ދުނިޔެ ދޫކުރުމާއި
ގުޅިގެން މި ވާދަވެރިކަމަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ.
1980ގެ ބޮޑެތި އީޖާދުތަކަށް ބަލާއިރު ޕަރސަނަލް ކޮންޕިއުޓަރުތަކުގައި
ބޭނުންކުރުމަށް ހެދުނު އެންމެ ފުރަތަމަ ލޭޒަރ ޖެޓް ޕްރިންޓަރު ބާޒާރަށް ނެރުމާއި
މިހާރު ބޭނުންކުރަމުން މި ގެންދާ "ވޯލްޑް ވައިޑް ވެބް" ތަޢާރަފް
ކުރިއެވެ. މިވެބް ތަޢާރަފްކުރީ ޓިމް ބާރނާ ލީ ނަމަކަށް ކިޔާ މީހެކެވެ. 1993 ވަނަ
އަހަރު އިންޓެލް ކުންފުނީގެ ޕެންޓިއަމް ޕްރޮސެސަރ އުފެއްދިއެވެ. އަދި މި ޕްރޮސެސަރ
ބޭނުންކޮށްގެން ކުންފުނިތަކުން ކޮންޕިއުޓަރ އުފައްދަން ފެށިއެވެ. މި
ޕްރޮސެސަރުގައި 3.1 މިލިއަން ޓްރާންސިސްޓަރ ހިމެނެއެވެ. އަދި ސިކުންތަކު 112
މިލިއަން އިރުޝާދަށް ތަބާވުމުގެ ޤާބިލްކަން ލިބިފައިވެއެވެ. އަދި ހަމަ މިއަހަރު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ގްލޯބަލް
ޕޮޒިޝަނިންގ ސިސްޓަމް (ޖީ.ޕީ.އެސް) ގެ މަސައްކަތް ފުރިހަމަކޮށް ނިންމާލެވުނެވެ.
މަޝްހޫރު ދެ ވެބްސައިޓު ކަމަށްވާ ޔާހޫ އާއި އެމޭޒަން ވުޖޫދަށް އައީ 1994
ވަނައަހަރުއެވެ. އަދި ޖެހިގެން އައިއަހަރު އޮންލައިން ވިޔަފާރި ފުޅާވެ އީބޭ
ވުޖޫދަށް އައެވެ.
1999 ވަނަ އަހަރު މައިކްރޯސޮފްޓް އޮފީސް 2000 މާކެޓަށް ނެރުނެވެ. އަދި އިންޓެލް ކުންފުނީގެ ޕެންޓިއަމް 3 ޕްރޮސެސަރ
ތަޢާރަފްކުރިއެވެ. މި ޕްރޮސެސަރުގައި 9.5 މިލިއަނަށްވުރެ ގިނަ ޓްރާންސިސްޓަރު
ހިމަނާފައި ވެއެވެ. އަދި 2000 ވަނަ އަހަރު ކޮންޕިއުޓަރުތަކުގެ ތާރީޚަށް ޖެހިދާނެ މައްސަލަތައް
ރަނގަޅުކުރުމަށްޓަކައި ކުންފުނިތަކާ ސަރުކާރުތައް ގުޅިގެން ހިންގި ވައި.ޓޫ.ކޭ
ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސް ނިންމާލިއެވެ. މިކަމަށް ގާތްގަނޑަކަށް
500 ބިލިއަން ޑޮލަރުޚަރަދުކުރިއެވެ.
21ވަނަ ޤަރުނު
މިއީ ޓެކްނޮލޮޖީގެ ރަން ޒަމާނެވެ.
އެންމެ އާދައިގެ ނިކަމެތި މީހާއަށްވެސް ޓެކްނޮލޮޖީއާއި ނުލާ ނޫޅެވެން ފެށީ
މިޤަރުނުގައެވެ. ދިރިއުޅުމުގެ ހުރިހާކަމެއް ކަހަލަގޮތަކަށް ޓެކްނޮލޮޖީއަށް
ބަރޯސާކޮށްގެން ކުރަން ފެށީ ވެސް ހަމަ މިޤަރުނުގައެވެ. މިގޮތުން 2001ވަނަ އަހަރު އޮޕަރޭޓިންގ ސިސްޓަމްތަކުގެ އަޕްޑޭޓްތަކާއެކު މައިކްރޯސޮފްޓް ވިންޑޯޒް
އެކްސްޕީ ބާޒާރަށް ނެރުނެވެ.
އަދި އިންޓެލް ޕެންޓިއަމް 4 ގެ 1.4 ގިގަ ހާރޓްޒް ގެ ޗިޕް ތަޢާރަފްވިއެވެ. މި
ޗިޕްގައި 42 މިލިއަން ޓްރާންސިސްޓަރ ހިމެނިފައި ވެއެވެ. ހަމަ މިއަހަރު މައިކްރޯސޮފްޓް އޮފީސް އެކްސްޕީ ބާޒާރަށް ނެރުނެވެ. އަދި
މަޝްހޫރު ވިކިޕީޑިއާ ވެބްސައިޓް ތަޢާރަފްވިއެވެ. 2003 ވަނަ
އަހަރު ވަޔަލެސް ޓެކްނޮލޮޖީ ޢާއްމުވާން
ފެށިއެވެ.
ޖެހިގެން އައި އަހަރު އެލް.ސީ.ޑި ކޮންޕިއުޓަރ މޮނިޓަރ ބޭނުންކުރުން ޢާއްމުވާން
ފެށިއެވެ. އަދި ޕީ.ޑީ.އޭ ގެ ބަދަލުގައި ސްމާޓްފޯން ބޭނުންކުރުން
އިތުރުވާން ފެށިއެވެ. މަޝްހޫރު ސޯޝަލް ނެޓްވޯކް، ފޭސްބުކް، ވުޖޫދަށް އައީވެސް ހަމަ
މިއަހަރުގައެވެ. އަދި ހަމަ މިއަހަރު މޮޒިއްލާ އިން ފަޔަރ ފޮކްސްގެ ފުރަތަމަ ވާޝަން
ރިލީޒްކުރިއެވެ. 2005ވަނަ އަހަރު މަޝްހޫރު އޮންލައިން ވީޑިއޯ ވެބްސައިޓް ޔޫޓިއުބް ތަޢާރަފް
ކުރިއެވެ.
ޔޫޓިއުބްވަނީ ޖެހިގެން އައި އަހަރު ގޫގްލް އިން ގަނެފައެވެ. އެޕަލް އައިޕޮޑް
ތަޢާރަފްކުރީވެސް މިއަހަރުއެވެ. އަދިހަމަ އެހެންމެ މައިކްރޯސޮފްޓް ވިޝުއަލް
ސްޓޫޑިއޯ 2005 ބާޒާރަށް ނެރުނީވެސް ހަމަ މި އަހަރުއެވެ. 2006 ވަނަ އަހަރު
ސޮނީ ޕްލޭސްޓޭޝަން 3 އަދި އިންޓެލް ޑުއަލްކޯ ޕްރޮސެސަރ ބާޒާރަށް ނެރުނެވެ. އަދި ހަމަ
މިއަހަރު އިންޓެލް މައިކްރޯޕްރޮސެސަރ ހިމަނައިގެން އެޕަލް މެކް ކޮންޕިއުޓަރުތައް
ވިއްކަންފެށިއެވެ.2007 ވަނަ އަހަރު އެޕަލް އައިފޯން ތަޢާރަފްކޮށް ފުރަތަމަ 7 ދުވަހުގެ ތެރޭގައި 270،000 ފޯނު ވިކުނެވެ އަދި އެޗްޑީ. ޑީވީޑީގެ ބަދަލުގައި
ބްލޫރޭ ޑިސްކު ބޭނުންކުރަން ފެށުނެވެ. އަދި ދުނިޔޭގެ އާބާދީގާ މޯބައިލް ފޯން
ބޭނުންކުރާ މީހުންގެ ނިސްބަތް ½ އަށް އެރިއެވެ. 2008ވަނަ
އަހަރު މައިކްރޯސޮފްޓް ވިންޑޯޒް ސާވަރ 2008 ތަޢާރަފްކޮށް ބާޒާރަށް ނެރުނެވެ. އަދި
އިންޓަނެޓް ދިނުމަށް ޚާއްސަކުރެވިފައިވާ ޓެކްނޮލޮޖީއެއް ކަމަށްވާ ވައި މެކްސް
ތަޢާރަފްކުރިއެވެ. ވައިމެކްސް އަކީ ވަޔަރލެސް އަށްވުރެ އެޑްވާންސް
ޓެކްނޮލޮޖީއެކެވެ. އަދި ހަމަ މިއަހަރު ސްމާޓްފޯންތަކުގައި ޓީވީ،
ޖީޕީއެސް، ކެމެރާ ހިމެނުން ޢާއްމުވާންފެށިއެވެ. އަދި ގޫގުލްގެ ވެބް ބްރައުޒަރ ގޫގުލް ކްރޯމް ރިލީޒްކުރިއެވެ. އަދި މޮޒިއްލާ
ފަޔަރފޮކްސް 3 ރިލީޒްކުރިއެވެ.
ދިވެހިރާއްޖޭގައި އެޑިޔުކޭޝަނަލް
ޓެކްނޮލޮޖީގެ ފެށިގެން އައިގޮތް.
ތާރީޚްތަކުން އެނގެން ހުރިގޮތުގައި އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި
ތަޢުލީމް އުނގަންނައި ދިނުމަށް ބޭނުންކުރީ ވޮށުފިލަޔާއި ފިލަޔާއި ފަދަ
ދިވެހިން އަމިއްލައަށް އުފައްދާ ތަކެއްޗެވެ. އަދި އެކިއެކި ލިޔުންތައް ލިޔެ
ރައްކާކުރުމަށް ބޭނުންކޮށް އުޅުނީ ރުކުފަނާއި ކަށިކެޔޮފަތް އަދި ހިރިގަލާއި
ލޯމާފާނު ފަދަ ދިވެހިރާއްޖެއިން ލިބެން ހުންނަ ދިވެހިން އުފައްދާ ތަކެއްޗެވެ.
މިގޮތުން
ހަސަން ޙަމީދު ދިވެހިރާއްޖޭގައި
ތަޢުލީމު ދިނުމުގެ ޤަދީމީ ތާރީޚް ބާބު 1 ގައި ލިޔުއްވާފައިވެއެވެ. "އިބްނު
ބަޠޫޠާ ދިވެހިރާއްޖޭގެ ތަޢުލީމާބެހޭ ގޮތުން އެއްވެސް އެއްޗެއް ލިޔެފައެއް
ނުވެއެވެ. ލިޔެކިޔުމާ ބެހޭ ގޮތުން އޭނާ 81 ވަނަ ޞަފުޙާގައި (މުޙައްމަދު އަމީން،
2001) އަންނަނިވި ގޮތަށް ބުނެއެވެ. “އެމީހުން އަމުރުތައް ލިޔެއުޅެނީ
ރުކުފަނުގައެވެ. އެ ލިޔަނީ، ގުދުކޮށްފައި އޮންނަ ދަގަޑު ކޮޅަކުންނެވެ. ޤުރްއާން
ފޮތާއި، ޢިލްމުފޮތް ނޫން އެހެން އެއްޗެއް ކަރުދާހެއްގައި ނުލިޔެއެވެ.”
ކުރީގެކިޔަވައިދުނުމުގެ ކަންކަން އޮންނަގޮތް ކަމަށް މުޙައްމަދު
އިސްމާޢީލް 1995. ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ ފޮތުގެ 211ވަނަ ސަފުޙާގައި
ލިޔުއްވާފައިވެއެވެ. "އެބައިމީހުން ފިލާވަޅު ލިޔެދެނީ ލަކުޑީން ހަދާފައިވާ
ތުނި ކުޑަ ފިލައެއް ގައެވެ. އެހުންނާނީ ވައްތަރެއްގެ މައްޓެއް އުގުޅާ
ހުދުކޮށްފައެވެ."
އަދި ހަމަ މިފޮތުގެ 211،212 ދެ
ސަފުޙާގައި ލިޔުއްވާފައިވެއެވެ. "ބޮޑެތި ލިޔުންތައް އެބައިމީހުން ލިޔަނީ
މާކަށިކެޔޮ މިނަންކިޔާ ގަހެއްގެ ފަތުގައެވެ. އެ ފަތުގެ ދިގުމިނަކީ ގާތްގަޑަކަށް
ހަތް ފޫޓެވެ. ފުޅައުމިނަކީ އެއްފޫޓެވެ. މި ބުނި ފަތުން އެބައިމީހުން ފޮތްތައް
ހަދާފައި ހުރެއެވެ. އެއިން ފޮތެއް ފީނުވެ މީހެއްގެ އުމުރަށް ވުރެ މާގިނަ
ދުވަސްވާދެން ހުރެއެވެ. އެބައިމީހުންގެ ޅަކުދީންނަށް އަކުރު ދަސްކޮށްދޭން ފަށަނީ
ހަނިދިގު ފިލައެއްގައި ލިޔެގެންނެވެ. އެއީ ވަރަށް އޮމާންކޮށް ތާހިރުކޮށް
ހަދާފައިވާ އެއްޗެކެވެ. ދެން އޭގައި ފަތުރަނީ ރީތި ހިމުން ދޮންވެއްޔެވެ. ދެން
އިލޮށިކޮޅަކުން އޭގައި އަކުރު ލިޔެގެން އެ ކުދީންނަށް ދަސްކޮށްދެނީއެވެ. އަދި އެޔާ
އެއްގޮތަށް އަކުރު ލިޔާންވެސް ބުނެދެނީއެވެ. މި ވޮށުފިލާގައި ލިޔާ އަކުރަކީ ދާދި
ފަސޭހައިން ފޮހެލެވޭ އެއްޗެކެވެ. އެ ކުދީންނަށް ލިޔެކިޔާން ދަސްކޮށްދޭން އެއް
ގޮތަކަށް ވެސް ކަރުދާހުގެ ބޭނުމެއް ނުކުރެއެވެ."
މިއީ ރާއްޖޭގައި ތަޢުލީމްއުނގަންނައިދޭން ފެށި ދުވަސްވަރުއްސުރުގެ ކަންކަން
އޮތްގޮތެވެ. އެއަށްފަހު ޒަމާނަށް އަންނަ
ބަދަލާއި އެކު ދިވެހިންވެސް ދިޔައީ މަޑުމަޑުން ތަރައްޤީވަމުން ދުނިޔެއަށް އަންނަ ބަދަލުތަކަށް
ލޯހުޅުވެމުންނެވެ. ޒަމާނީ ޓެކްނޮލޮޖީއަށް ޒަމާނާއި ގުޅޭގޮތުން ބަދަލުއަންނަމުން
ހޭނެމުންނެވެ.
އާދައިގެ [މާކޯނީ] ރޭޑިޔޯޓެލެފޯން ސެޓަކުން [މާލޭރޭޑިއޯ]ގެ ނަމުގައި ރޭޑިއޯގެ
ޚިދުމަތް ވުޖޫދަށް އައީ 1962 ވަނަ އަހަރު
ޑިސެމްބަރ މަހުގެ ތެރޭގައެވެ. އެއަށްފަހު ދިވެހިރާއްޖޭގައި
ޓީވީގެ ޚިދުމަތް ފެށިފައިވަނީ 29 މާރޗް 1978 ގައެވެ. އެންމެ ފުރަތަމަ މާލެއާއި އަތޮޅުތަކާ ދެމެދު ރޭޑިއޯޓެލެފޯންގެ
ޚިދުމަތް ޤާއިމުކުރެވުނީ 21 ނޮވެމްބަރ 1962 ގައެވެ. ރޭޑިއޯޓެލެފޯންގެ ޛަރީޢާއިން ދައްކާ ވާހަކަ
ރޭޑިއޯއިން އަޑު އެހުމުގެ ފުރުޞަތު އޮންނާނެތީ، ދައުލަތުގެ ސިއްރު
ހިފެހެއްޓުމަށްޓަކައި، ވަޔަރލެސް ޓެލެފޯންގެ ޚިދުމަތް ޤައިމުކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން
[މޯސްކޯޑް] ކޯހެއް ހިންގަވައި އަތޮޅުތަކަށް ވަޔަރލެސް އޮޕަރޭޓަރުން ތަމްރީނުކުރިއެވެ. އެއަށްފަހު ޓެލެފޯންގެ ޛަރީޢާއިން ރާއްޖެއިން ބޭރާ ގުޅޭނެ
އިންތިޒާމު ހަމަޖެއްސުމަށްޓަކައިއިނގިރޭސި ވިލާތުގެ ކޭބަލް އެންޑް
ވަޔަރލެސް ކުންފުނި މެދުވެރިކޮށް މި ޚިދުމަތް ޤާއިމުކުރީ
17 މެއި 1977 ގައެވެ. އެއަށްފަހު 1987 ވަނަ އަހަރު ، ތާނަ
ޓައިޕްރައިޓަރ އުފެއްދުމާ ގުޅިގެން، އެ އަހަރުގެ ފަހުކޮޅުގައި، މި ޓައިޕްރައިޓަރ
ބޭނުންކުރާނޭ ޤަވާޢިދާއި އަދި ބޭނުންކުރާ ގޮތް ދަސްކޮށްދޭ ކޯހެއްވެސް ސަރުކާރުން
ހިންގެވިއެވެ.
މިދެންނެވީ މީގެ އަހަރުތަކެއްގެ ކުރީގެ ވާހަކަ ތަކެކެވެ. އޭރު އަޅުގަނޑުމެން
ދިވެހިންނާއި ޓެކްނޮލޮޖީ ،ކިތައްމެ
ބިރައްޓެހިކަމެއް ހުރިކަމުގައި ވިޔަސް މިއަދު މިވަނީ ދިވެހިންނަކީ ވެސް ޓެކްނޮލޮޖީގެ
ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ބައަކަށް ވެފައެވެ. ޓެކްނޮލޮޖީ
ބޭނުންކުރުމުގައި ، ތަރައްޤީވެފައިވާ ޤައުމުތަކާއި އެއްސަފެއްގައި ފައިހަމަކުރަން ވެސްފަށާފައެވެ.
މިގޮތުން ދުނިޔޭގެ ކޮންމެ ތަނެއްގައި ތަޢާރަފުކުރާ ކޮންމެ ކަހަލަ ޓެކްނޮލޮޖީއެއްވެސް
މަދު ވަގުތުކޮޅެއްގެ ތެރޭގައި ދިވެހިރާއްޖެއިން ލިބެން ހުންނަކަން މިއީ
އަޅުގަނޑުމެން ދިވެހިން މިކަމަށް ހުންނަ ޝައުޤުވެރިކަން ހާމަކޮށްދޭ ހެއްކެވެ.
މިއަދު ރާއްޖޭގެކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ޓެކްނޮލޮޖީއަށް،
ޚާއްސަކޮށް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް އަހުލުވެރިވަމުންދާ
ބަޔަކު ދިރިއުޅެމުންދާ މަންޒަރެވެ. ވިޔަފާރިތަކުގައިވެސް އެންމެ ޑިމާންޑް ބޮޑު
އެއް ބާވަތަކީ ޓެކްނޮލޮޖީގެ ވަސީލަތްތަކެވެ. ސުކޫލު މަދަރުސާ ތަކާއި، އުނގަންނައިދޭ
މަރުކަޒުތަކަގައިވެސް މިހާރު މިވަނީ އެންމެ ޒަމާނި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަން
ފަށާފައެވެ.
މިއަހހަރު އަލަށް ޢަމަލުކުރަން ފަށާފައިވާ އާ މަންހަޖުގައި ދަރިވަރުންގެ
ކިބައި ހަރުލައްވަންޖެހޭ މައިގަނޑު ޤާބިލިއްޔަތު ތަކުގެ ތެރޭގައިވެސް
"ޓެކްނޮލޮޖީއާއި މީޑިޔާ ބޭނުންކުރުން" ހިމަނައި ، މުދައްރިސްޤަވާޢިދުން
އެސެސްކުރަންޖެހޭ ގޮތަށް ހަމަޖެއްސެވިކަން މިއީވެސް މިކަމަށް ބޭނުންވެފައިވާ
މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.
މަޢުލޫމާތު ހޯދި ވަސީލަތްތައް.
1.
އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.2011. "އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިޔުޓިންގގެ ތާރީޚުގެ ތެރެއިން ބައެއް"
އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.2011. "އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިޔުޓިންގގެ ތާރީޚުގެ ތެރެއިން ބައެއް"
2.
އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު. 2013. "ޚިދުމަތުގެ ތިލަފަތުގައި
ޤައުމީ ދެ ޝަޚްޞިއްޔަތެއްގެ ބުރަދަން"
3.
ހަސަން ޙަމީދު 2013. ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމުގެ
ޤަދީމީ ތާރީޚް .ބާބު 1
4.
މުޙައްމަދު އިސްމާޢީލް ދީދީ 1995. ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ.
އީލާނލންނަކޅ ކޮބައި ކަމާއި އީލާރނިން ކުރިއަށް ގެނަދަންވީގޮތް ރަނގަޅަށް ބުނެދީފައިވޭ މާޝާ ﷲ ވަރައްރަނގަޅު ލިޔުމެއް.
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteޓެކްނޮލޮޖީއަށް ވަރަށް ވަރަށް ފުރިހަމައަށް ބަލައިލެވިފައިވާކަން ފާހަގަކުރަމެވެ. ޓެކްނޮލޮޖީގެ އެފަދަ ގިނަ ކުރިއެރުން ތަކެއް އެހާދުރު މާޟީއކުންފެށިގެން ގެނެސްދީފައިވާއިރު ދޭތެރެ ދޭތެރެއިން ޙަވާލާދެވުނުނަމަ ވަރަށް ބާރުގަދަ ލިޔުމަކަށް ވެގެންދިޔައިހެވެ. އަދި ދިވެހިރާއްޖެއަށް ޚާއްޞަކުރުމެއްނެތި ކުރިއެރުންތަކާގުޅުވާ ގެނެސްދިނުމާއި އެކު ތަޢުލީމު ދިނުމާއި ލިބިގަތުމަށް ކުރި އަސަރު އެތަނުގައި ހިމަނާަލެވުނުނަމަ މިއަށްވުރެ މަޒުމޫންކުރު ކުރެވިފާ އިތުރަށް ކޮލިޓީވެގެންދިއައިހެވެ.
ReplyDeleteއެޑިއުކޭޝަން ޓެކްނޮލޮޖީ ގެ އެހާރާއި މިހާރަށް ވަރަށް ފުންކޮށް ބަލައިލެވިފައިވާކަން ފާހަގަކުރަން. ވަރަށް މަޢުލޫމާތުގެ ގޮތުން މުއްސަނދިލިޔުމެއްކަން ފާހަގަކުރެވޭ ތިގޮތުގައި އިތުރު ލިޔުންތައް ލިޔުމުގައި ކުރިއަށްދޭ!
ReplyDeleteތާރީޚީ ގިނަ މަޢުލޫމާތުތަކެއް އެކުލެވޭ ލިޔުންކޮޅެއް... އަދި އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ މަޢުލޫމާތު ލިބިގެންދިޔަ ލިޔުމެއްވެސްމެ.
ReplyDeleteއެޑިޔުކޭޝަން ޓެކްނޮލޮޖީ ކުރިއަރަގެން ގޮސްފައިވާގޮތް ތާރީޚްތަކާއި ފޮޓޯތަކާއެކު ހިމާނާފައިވާތީ މިއީ ވަރަށް ބޮޑަށް ދިރާސާކޮށްގެން ލިޔެފައިވާ ލިޔުމެއްކަން ފާހަގަކުރެވެއެވެ.
ReplyDeleteއެޑިޔުކޭޝަން ޓެކްނޮލޮޖީ ކުރިއަރަގެން ގޮސްފައިވާގޮތް ތާރީޚްތަކާއި ފޮޓޯތަކާއެކު ހިމާނާފައިވާތީ މިއީ ވަރަށް ބޮޑަށް ދިރާސާކޮށްގެން ލިޔެފައިވާ ލިޔުމެއްކަން ފާހަގަކުރެވެއެވެ.
ReplyDeleteވަހީދާގެ މިލިއުމަކީ މި މަޢުޟޫއަށް ލިޔެވިފައިވާ ލިއުންތަކުގެ ތެރެއިން ފާހަގަކޯށްލެވޭ އޮއްޓަރު ހުރި ލިއުމެއްކަން ފާހަގަކުރަން. ނަމަވެސް ކިޔަވައިދިނުމުގެ ޓެކްނޮލޮޖީގައި މުސްލިމު ޢިލްމުވެރިން ކުރައްވާފައިވާ މަސައްކަތާއި އީޖާދުތަކަށް ބަލާލެވުނުނަމަ އަދި މުޅީން ފުރިހަމަވީސް.
ReplyDeleteވަރަށް ބޮޑަށް ދިރާސާކޮށް ފައިވާކަން ފާޙަގަކުރެވޭ ! މިފަދަ މަޢުލޫމާތުން މުދައްރިސުންގެ ޤާބިލުކަމަށް ހެޔޮ ބަދަލެއް އަންނާނެ!
ReplyDeleteމައުލޫމާތު ވަރަށް މުއްސަނދި. ލިޔުންގަނޑުގެ ތެރޭގައި ރެފަރެންސްދީފައި، ސައިޓްތަކުގެ ޔޫއާރއެލް އަށް ލިނކްކޮށްލިނަމަ ވަރަށް ފުރިހަމަ ވީސް.
ReplyDelete